logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގައި 291 ހާފިޒުން އެބަތިބި

މުޙައްމަދު އަފްރާޙް
6 ޖެނުއަރީ 2026 - 18:09
ރާއްޖޭގައި 291 ހާފިޒުން އެބަތިބި

ދިވެހިރާއްޖޭގައި ތިބި ހާފިޒުންގެ އަދަދު 291 އަށް އަރައިފިއެވެ.

މިކަން ހާމަކުރައްވާ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ މިއަދަދު ރޯދަމަހުގެ ކުރިން 300 އަށް އަރާނެ ކަމަށެވެ. އަދި މި އަންނަ ރޯދަ މަހު 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓްރީގެ އަމާޒަކީ މި 5 އަހަރު ތެރޭ ހާފިޒުންގެ އަދަދު 500 އަަށް އަރުވަން މަސައްކަތްކުރުން ކަމަށާއި މިވަގުތު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1500 އަށް ވުރެ ގިނަ ފަރާތްތަކުން ޤުރުއާން ހިތު ދަސްކުރަމުން އަންނަކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިއީ ތާރީޚީ ގޮތުން ބަލާއިރު ފާހަގަކޮށްލެވޭ އަދަދެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ވަނީ ހާފިޒުންގެ އެލަވަންސް ދެގުނަ ބޮޑު ކުރައްވާފައި ކަމަށާއި މި ދިޔަ އަހަރުން ފެށިގެން ހާފިޒުން ދަސްވެނިވުމަށް ޚާއްޞަ ޙަފްލާއެއް ބާއްވަން ފަށާފައިވާކަން ވެސް ފާހަގަކުރައްވާފައެވެ.

އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހާފިޒުންގެ އަދަދު 500 އަށް އިތުރުކުރުމެވެ. މި އަމާޒަށް ވާސިލްވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، މިވަގުތު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1,500 އަށް ވުރެ ގިނަ ފަރާތްތަކުން ޤުރުއާން ހިތުދަސްކުރަމުންދާ ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގިނަ ވަސީލަތްތަކެއް ހުންނާނެ, ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ދުވަހު ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅަނީޚަބަރު | 4 ދުވަސް ކުރިންރާއްޖޭގައި 2000 އަށް ވުރެ ގިނަ ދަރިވަރުން ޤުރްއާން ހިތުދަސްކުރަމުންދޭ: ޝަހީމްޚަބަރު | 4 ދުވަސް ކުރިންއިތުރު 91 ޒުވާން ޚަޠީބުން ތަމްރީނުކޮށް ޢަދަދު 700 އިން މައްޗަށްޚަބަރު | 17 ދުވަސް ކުރިންވަގްފު ފަންޑަށް މީރާ ވެބްސައިޓް މެދުވެރިކޮށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެޚަބަރު | މަހެއް ކުރިން