ވީއައިއޭ ޓާމިނަލުން ވަގަށް ސިނގިރޭޓް ނެރެން އުޅުނު ދެ މީހުން ކޯޓުން ދޫކޮށްލައިފި


26 މާރިޗު 2025 - 10:12
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ ޑިޕާޗަރ ޓާމިނަލުން ވަގަށް ސިނގިރޭޓް ނެރެން އުޅުނު މައްސަލާގައި ހައްޔަރުކުރި ދެ މީހުން ޝަރުތުތަކާއެކު ކޯޓުން ދޫކޮށްލައިފިއެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި، 25 މާރޗް 2025 ވަނަ ދުވަހުގެ ހެނދުނު 6:20 އެހާކަންހާއިރު، ވީއައިއޭގެ ޑިޕާޗަރ ހޯލުން، ހުއްދަނެތި ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރެޓް ދިވެހިރާއްޖެއަށް އެތެރެކުރަން މަސައްކަތް ކޮށްފައިވާ މައްސަލައެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ފުލުހުންނަށް ރޭ ހުށަހަޅާފައިވެއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވުނު ދެ މީހުންނަކީ މ. ސިލްވަރ ނެސްޓް / މާލެ، އަޙްމަދު އަފްސަލް (45 އަހަރު) އާއި ދަފްތަރު ނަންބަރު އާރއެސް 14358 / މާލެ، ޔޫސުފް ނަޒީރު (38 އަހަރު) އެވެ.
މި ދެ މީހުން ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށް، މިއަދު ކޯޓަށް ހާޒިރުކުރުމުގެ ޝަރުތުތަކާއެކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ހާމަކުރަށްވާފައެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ރޭ ބުނެފައިވަނީ، ވީއައިއޭގެ ޑިޕާޗަރ ޓާމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ބޭގްތަކެއް ޗެކްކުރިއިރު، ސިނގިރެޓް ކާޓަން ތަކެއް ފެނުނު މައްސަލައެއް ތަޙުޤީޤުކުރަމުން އަންނަ ކަމަށެވެ.
ފުލުހުންގެ ޚިދުމަތުން އިތުރަށް މަޢުލޫމާތު ދެއްވިގޮތުގައި މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.
އިތުރު ލިޔުންތައް

ދެކުނުގެ ކަސްޓަމްސްގެ ސަރަހައްދީ އޮފީސް އައްޑޫގައި ހުޅުވައިފި
4 މަސް ކުރިން
ބޮންޑެޑް ވެއާހައުސް ދެން ހިންގޭނީ "ކަސްޓަމްސް ގެ ފުލް ކޮންޓްރޯލް" އޮންނަ ސަރަހައްދުތަކުގައި އެކަނި
4 މަސް ކުރިން
ކަސްޓަމްސްގެ މުވައްޒަފުން ކޮރަޕްޝަނުގެ އަމަލު ހިންގާކަމުގެ ތުހުމަތު
3 މަސް ކުރިން