ބްރެޒިލްގެ ކޯޗުކަމަށް އެންޗެލޯޓީ ގެންނަން މަސައްކަތްކުރަނީ

ރެއާލް މެޑްރިޑްގެ ކޯޗު އެންޗެލޯޓީ.

27 މާރިޗު 2025 - 05:12
އާޖެންޓީނާއިން ބްރެޒިލް 4-1 އިން ބަލިކޮށްލުމާ ގުޅިގެން، ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗުކަމަށް ރެއާލް މެޑްރިޑްގެ ކާރްލޯ އެންޗެލޯޓީ ގެނައުމަށް ބްރެޒިލް ފުޓްބޯޅަ އެސޯސިއޭޝަނުން މަސައްކަތްކުރަމުންދާ ކަމަށް ވަނީ ހާމަވެފައެވެ.
މިހާރުގެ ކޯޗު ޑޮރިވަލް ޖޫނިއާގެ ދަށުން ބްރެޒިލް ކުޅުނު 16 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ ހަތް މެޗުންނެވެ. އަދި ހަތް މެޗު އެއްވަރުވެ، ދެ މެޗުން ބަލިވެފައިވާއިރު، ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް މިވަގުތު އޮތީ ދެކުނު އެމެރިކާ ސަރަހައްދުގެ ހަތަރުވަނަ ސަފުގައެވެ.
އެންޗެލޯޓީ ގެނައުމަށް މީގެ ކުރިންވެސް ބްރެޒިލް އެފްއޭއިން މަސައްކަތްކޮށްފައިވީ ނަމަވެސް، އޭނާ އިސްކަންދިނީ ރެއާލް މެޑްރިޑްގައި ދެމިހުރުމަށެވެ. ނަމަވެސް މި ސީޒަންގައި ރެއާލްއަށް އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވިއްޖެނަމަ، އެންޗެލޯޓީ ހޯދުމުގެ ފުރުސަތު ބްރެޒިލްއަށް ލިބިދާނެ ކަމަށް ބެލެވެއެވެ. މިދިޔަ އަހަރު އެންޗެލޯޓީީ ބްރެޒިލްގެ ކޯޗުކަމަށް ޢައްޔަން ނުކުރެވުނީ ރެއާލްގައި މަޑުކުރަން ނިންމުމުން ކަމުގައި މީގެކުރިން ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯވެސް މީޑިޔާގައި ބުނެފައިވެއެވެ.އެންޗެލޯޓީއަކީ މިހާރު އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ އެއް ކޯޗެވެ. އެގޮތުން ކޯޗެއްގެ ގޮތުގައި ކުލަބް ލެވެލްގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ޗެންޕިއަންސް ލީގު އެންމެ ގިނަފަހަރު ކާމިޔާބުކޮށްފައިވަނީވެސް އެންޗެލޯޓީއެވެ.
ބްރެޒިލް އެފްއޭއިން އެންޗެލޯޓީއާ އެކު ރަސްމީ މަޝްވަރާތައް ފަށާނީ ޖޫން އަދި ޖުލައި މަހު އޮންނަ ފީފާ ކުލަބު ވޯލްޑް ކަޕަށް ފަހުގައެވެ. އެންޗެލޯޓީ ނުލިބިއްޖެނަމަ، ބްރެޒިލްގެ ގައުމީ ކޯޗުކަމަށް ހަމަޖެއްސުމަށް އަމާޒު ހިފާފައިވަނީ މިހާރު ފްލަމިންގޯގެ ކޯޗުކަމުގައި ހުރި ލުއިސް ފިލިޕޭއެވެ.
ބްރެޒިލްގެ ގައުމީ ޓީމުގެ ކުރިއަށް އޮތް މެޗުތަކަކީ ވޯލްޑް ކަޕް ކޮލިފައިންގައި ޖޫން މަހު އިކުއެޑޯ އަދި ޕެރެގުއާއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. މި މެޗުތަކުގެ ކުރިން މިހާރުގެ ކޯޗު ޑޮރިވަލް ވަކިކުރުމަށްފަހު، އެންޗެލޯޓީއާ އެކު މަޝްވަރާތައް ކުރިއަށްދާ ދުވަސްތަކުގައި ވަގުތީ ކޯޗެއް ހަމަޖެއްސުމަށްވެސް ބްރެޒިލް އެފްއޭއިން ވިސްނަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.
އިތުރު ލިޔުންތައް
.png&w=3840&q=75)
ނޭމާ އާއި އެންޑްރިކް ބްރެޒިލްގެ ސޮކޮޑުން ބާކީކޮށްފި.
7 މަސް ކުރިން
ވޯލްޑް ކަޕް ކޮލިފިކޭޝަން ކޮންމެބޯލް – ބްރެޒިލް އާއި ވެނެޒުއޭލާ ކުޅުންމެޗުން އެއްވަރު
7 މަސް ކުރިން
ނޭމާ އަލުން އަނބުރާ ޤައުމީ ޓީމަށް
3 މަސް ކުރިން