logo
ޚަބަރު

ގޮވާމުން ޒަކާތް ބެހުމުގެ މަސައްކަތް މާދަމާ ފަށަނީ

އަޙްމަދު ޒަލީފް
27 މާރިޗު 2025 - 17:38
ގޮވާމުން ޒަކާތް ބެހުމުގެ މަސައްކަތް މާދަމާ ފަށަނީ

މިއަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މާދަމާއިން ފެށިގެން ކުރިއަށްދާނެކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ވިދާޅުވެއްޖެއެވެ. 

ޒަކާތު ހައުސްއިން ވިދާޅުވީ މާލޭގައި ގޮވާމުން ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ އިސްކަންދަރު ސްކޫލްގައިކަމަށެވެ.

ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ޒަކާތް ބެހުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ޒަކާތު ހައުސްއިން ވިދާޅުވެއެވެ. މިގޮތުން މާލެ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޒަކާތް ބެހުމުގެ މަސައްކަތް ހުކުރު ދުވަހު ކުރިއަށްދާނީ މެންދުރު ފަހު 14:00 އިން ހަވީރު 16:30 އަށެވެ. އަދި ރޭގަނޑު 21:30 އިން 23:00 އަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހޮނިހިރު ދުވަހު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށް، މެންދުރުފަހު 13:00 އިން 15:00 އަށް އަދި ހަވީރު 16:00 އިން 17:00 އަށްކަމަށް ޒަކާތު ހައުސްއިން ވިދާޅުވެއެވެ.

މިއަހަރުގެ ފުރަތަމަ 20 ދުވަހު ޒަކާތުގެ ގޮތުގައި 7.6 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިންވަނީ ވިދާޅުވެފައެވެ. ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިޠުރު ޒަކާތް ބަލައި ގަންނަން ފަށާފައިވާއިރު އޮންލައިންކޮށް ޒަކާތް ދެއްކުމުގެ ފުރުސަތު އޮތީ މިމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާއިހަމައަށް ހުޅުވާލާފައެވެ. ފިޠުރު ޒަކާތް ދައްކަންޖެހެނީ ފިޠުރު ޢީދަށް ދިޔުމުގެ ކުރިންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒަކާތުގެ ގާނޫނަކީ ރާއްޖޭގެ އިސްލާމީ ތާރީހުގައި ލިޔެވިގެންދާ ހެޔޮ ސަފްހާއެއް: ވަޒީރު ޑރ. ޝަހީމް ޚަބަރު | 22 ދުވަސް ކުރިންޒަކާތާ ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް ޤާނޫނެއް ގެންނަނީ ޚަބަރު | 25 ދުވަސް ކުރިންގޮވާމުން ޒަކާތް ބެހުމުގެ މަސައްކަތް މާދަމާ ފަށަނީ ޚަބަރު | 5 މަސް ކުރިންމިހާރު ދިރާގު އެޕުން ވެސް ޒަކާތް ދެއްކޭނެޚަބަރު | 5 މަސް ކުރިން