logo
MPL

MPL

ކުޅިވަރު

ކްލާސިކޯގައި ބާސާ ޖާޒީގައި ޓޭލަރ ސްވިފްޓް

އަބްދުﷲ ޣާނިމް
28 މާރިޗު 2025 - 05:28
އެލް ކްލެސިކޯ ގައި ބާސެލޯނާ ޖާޒީގައި ޓޭލަރ ސްވިފްޓްގެ ނަން ފެނުމަކީ ގާޓްކަމެއް
އެލް ކްލެސިކޯ ގައި ބާސެލޯނާ ޖާޒީގައި ޓޭލަރ ސްވިފްޓްގެ ނަން ފެނުމަކީ ގާޓްކަމެއް

އަންނަ މެއި މަހުގެ 11 ވަނަ ދުވަހު ކުޅެން ހަމަޖެހިފައިވާ އެލް ކްލާސިކޯގައި ބާސެލޯނާ ޖާޒީގައި ފެނިދާނެ ކަމަށް ބެލެވޭ މިއުޒިކް އާޓިސްޓަކީ ޓޭލަރ ސްވިފްޓް ކަމަށް ސްޕެއިންގެ މީޑިއާ "ރާކް 1" އިން ވަނީ ހާމަކޮށްފައެވެ.

ބާސެލޯނާގެ މައި ސްޕޮންސަރ ސްޕޮޓިފައިއާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދަށުން، 14 ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ ޓޭލަރ ސްވިފްޓްއަކީ މިފަހަރުގެ އެލް ކްލާސިކޯއަށް އެންމެ އިސް ގޮތެއްގައި ބަލަމުންދާ އާޓިސްޓް ކަމަށް ވެއެވެ. ސްވިފްޓްއަކީ 2024 ވަނަ އަހަރުގެ ސްޕޮޓިފައި ގްލޯބަލް ޓޮޕް އާޓިސްޓްގެ މަގާމު ހޯދި ފަރާތެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫޢުގެ ދަށުން އެޑް ޝީރަން އަދި ޓްރެވިސް ސްކޮޓްއާއެކުވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށް ބާސެލޯނާއިން ބުނެއެވެ. މީގެ ކުރިން ޑްރޭކް، ކޯލްޑްޕްލޭ އަދި ރޯލިންގ ސްޓޯންސްގެ ލޯގޯ ހިމެނޭ ޚާއްސަ ޖާޒީތަކެއް ބާސެލޯނާއިން ވަނީ ބޭނުންކޮށްފައެވެ.

މި ސީޒަންގެ ފުރަތަމަ އެލް ކްލާސިކޯގައި ބާސެލޯނާއިން ވަނީ ކޯލްޑްޕްލޭގެ މޫން މިއުޒިކް ލޯގޯ ޖަހާފައިވާ ޖާޒީއެއްގައި ކުޅެ، ރެއަލް މެޑްރިޑް އަތުން 4-0 އިން މޮޅުވެފައެވެ. ޓޭލަރ ސްވިފްޓް ވަނީ މިދިޔަ އަހަރުގެ މޭ މަހު އޭނާގެ "ދަ އެރާސް ޓުއަރ" ގެ ދަށުން ރެއަލް މެޑްރިޑްގެ ސަންޓިއާގޯ ބަރްނަބިއުގައި 130،000 އަށްވުރެ ގިނަ ސަޕޯޓަރުންނާއެކު ކުރިޔަށް ގެންގޮސްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެންޕިއަން ބާސާ ލީގު ފެށީފަސްތަރީގެ މޮޅު ކުޅުމަކުން، ވާދަވެރިންނަށް ވަރުގަދަ މެސެޖެއްކުޅިވަރު | 4 ގަޑިއިރު ކުރިންއަލް އަހްލީ ބަލިކޮށް ބާސެލޯނާއިން ހުއާން ގާމްޕާ ޓްރޮފީ ކާމިޔާބުކޮށްފިކުޅިވަރު | 4 ދުވަސް ކުރިންޖޮއާއޯ ކަންސެލޯ ތިންވަނަ ފަހަރަށް އެނބުރި ބާސެލޯނާއަށްކުޅިވަރު | 7 ދުވަސް ކުރިންޗެންޕިއަންސް ލީގު ކާމިޔާބުކުރުމަށް ފެރާން ޓޮރޭސް ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށްކުޅިވަރު | 8 ދުވަސް ކުރިން