logo
މާފަންނު ގެއެެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީBank of Maldives

Bank of Maldives

ކުޅިވަރު

ވިނީޝިއުސްއަށް ނަސްލީގޮތުން ދިމާކުރި ދެ މީހަކަށް އަދަބުދީފި

އަބްދުﷲ ޣާނިމް
28 މާރިޗު 2025 - 05:34
ވިނީ ސިއުސްއާއި ނަސްލީގޮތުން ދިމާކުރުމުގެ މައްސަލަތައް ފަހަކަށް އައިސް ދަނީ ފެންމަތިވަމުން
ވިނީ ސިއުސްއާއި ނަސްލީގޮތުން ދިމާކުރުމުގެ މައްސަލަތައް ފަހަކަށް އައިސް ދަނީ ފެންމަތިވަމުން

ރިއަލް މެޑްރިޑްގެ ކުޅުންތެރިޔާ ވިނީޝިއުސްއަށް ނަސްލީގޮތުން ދިމާކުރި ރިއަލް ސޮސިއެދާދްގެ ދެ ސަޕޯޓަރަކަށް 4،000 ޔޫރޯގެ ޖޫރިމަނާއަކާއި 12 މަސްދުވަހުގެ މުއްދަތަށް ސްޓޭޑިއަމްއަށް ވަނުން މަނާކޮށްފިއެވެ.

މި މައްސަލައިގައި އަދަބު ކަނޑައަޅާފައިވަނީ ސްޕެއިންގެ ކުޅިވަރުގެ ދާއިރާގައި އަނިޔާވެރިކަމާއި، ނަސްލީ ތަފާތުކުރުމާއި، ބޭރުމީހުންނަށް ދެކޮޅު ހަރުކަށި ޢަމަލުތަކާ ދެކޮޅަށް މަސައްކަތްކުރާ ދާއިމީ ކޮމިޝަނުންނެވެ. މި ހާދިސާ ހިނގާފައިވަނީ ފެބްރުއަރީ 26 ވަނަ ދުވަހު ރިއަލް އެރީނާގައި ކުޅުނު ކޯޕާ ޑެލް ރޭގެ ސެމީފައިނަލްގެ ފުރަތަމަ ލެގްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ 46 ވަނަ މިނެޓްގައި ހިނގި މި ހާދިސާގައި، ދެ ސަޕޯޓަރުން ވިނީޝިއުސްއާ ދިމާލަށް ހަޅޭއްލަވައި، ނަސްލީގޮތުން ފުރައްސާރަކޮށް އިޝާރާތްތައް ކޮށްފައިވާކަމަށް ކޮމިޝަނުން ބުނެއެވެ. މި މެޗުގެ ދެވަނަ ލެގް ކުޅޭނީ ކުރިއަށް އޮތް ހަފްތާގައެވެ.

މީގެއިތުރުން، ފެބްރުއަރީ 22 ގައި އަލަވެސްއާއި އެސްޕަންޔޯލް ބައްދަލުކުރި މެޗު ނިމުމަށްފަހު، ދަނޑަށް ވަދެ ގޯލްކީޕަރާ ޖެހި، ސެކިއުރިޓީ ބެލެހެއްޓި ފަރާތްތަކުގެ އެދުމަށް އިޖާބަނުދީ، ފިލަން މަސައްކަތްކުރި ސަޕޯޓަރެއްވެސް 4،000 ޔޫރޯގެ ޖޫރިމަނާއަކާއި 12 މަސްދުވަހުގެ މުއްދަތަށް ކުޅިވަރުގެ މުބާރާތްތައް ބެލުން މަނާކުރުމުގެ އަދަބު ދިނުމަށް ކޮމިޝަނުން ހުށަހަޅާފައިވެއެވެ.
މިސީޒަނުގައި ވިނީސިއުސް އާއި ނަސްލީގޮތުން ދިމާކޮށްގެން ވެލެންސިއާގެ ސަޕޯޓަރުންނަށްވެސް ހަރުކަށި އަދަބުދީފައިވެއެވެ. ވިނީސިއުސް ފާހަގަވެގެންދަނީ ނަސްލީތަފާތުކުރުމާއި ދެކޮޅަށް ފުޓްބޯޅައިގެ އެންމެ އުހުގައި އަޑުއުފުލާ ކުޅުންތެރިއެއްގެގޮތުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިނީސިއަސް އަށް މަލާމަތްކުރި ސިޓީލޯނާގެ އަމިއްލަ ދަނޑުގައި ހުތުރުގޮތަކަށް އެޓީމު ބަލިކޮށް ޔޫރަޕުން ބޭރުކޮށްލައިފިކުޅިވަރު | 14 ގަޑިއިރު ކުރިންރެއާލް މެޑްރިޑުން ޒުވާން ކުޅުންތެރިންތަކެއް އަރުވައިގެން ބޮޑު މޮޅެއް، ބާސާއާއި އެއްޕޮއިންޓާއި ގާތަށް ޖެހިލައިފިކުޅިވަރު | 4 ދުވަސް ކުރިންވަލްވާޑޭގެ ހެޓްރިކާއެކު ސިޓީލޯނާގެ ސަޕޯޓަރުން ގުއިވެއްޖެކުޅިވަރު | 7 ދުވަސް ކުރިންކަރުތާފެނުގައި އޮތް ރެއާލް ފަހުވަގުތު ކާޅެއް ހޮފައިފިކުޅިވަރު | 12 ދުވަސް ކުރިން