އަލްފޮންސޯ ޑޭވިސްއަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާއި ދުރަށް

އަލްފޮންސޯ ޑޭވިސް ވަނީ އޭސީއެލް އަށް އަނިޔާވެ ދިގުމުއްދަތަކަށް ކުޅުމާއި ދުރަށް ދާންޖެހިފައި

28 މާރިޗު 2025 - 05:40
ބަޔާން މިއުނިކްގެ ކެނެޑާގެ ތަރި އަލްފޮންސޯ ޑޭވިސްއަށް ބޮޑު އަނިޔާއެއްވެ، 8 މަސް ދުވަހުގެ މުއްދަތަކަށް ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ.
22 އަހަރުގެ ޑިފެންޑަރަށް މި އަނިޔާވެފައިވަނީ ކަނާއަތުފައިގެ ލިގަމެންޓަށެވެ.މިއީ ފުޓްބޯޅަ ކުޅުންތެރިންނަށް ލިބޭ އެންމެ ނުރައްކާތެރި އެއް އަނިޔާއެވެ.
މި އަނިޔާގެ ސަބަބުން ޑޭވިސްއަށް ބަޔަން މިއުނިކްގެ މިއަހަރުގެ ބާކީ އޮތް މުބާރާތްތަކުގައި ބައިވެރިނުވެވޭނެ ކަމަށް ބެލެވެއެވެ. އަދި ހަމައެހެންމެ ކެނެޑާގެ ގައުމީ ޓީމުގެ މެޗުތަކުންވެސް އޭނާ މަހުރޫމްވާނެއެވެ.
ޑޭވިސްއަކީ ބަޔަން މިއުނިކްގެ މުހިންމު ކުޅުންތެރިއެކެވެ. އޭނާގެ ހުނަރުވެރި ކުޅުމާއި ބާރު ސްޕީޑަކީ ޓީމަށް ވަރަށް މުހިންމު ބައެކެވެ. މި އަނިޔާއަކީ ޓީމަށް ވަރަށް ބޮޑު ގެއްލުމެއް ކަމަށް ކޯޗުން ފާހަގަކުރެއެވެ.
ޑޭވިސްގެ ފަރުވާ ކުރިއަށްދާ ގޮތަށް ބަލައި، އޭނާ އަނބުރާ ދަނޑަށް ނުކުންނާނެ ތާރީހެއް އަދި ކަނޑައެޅިފައި ނުވާ ކަމަށް ކްލަބުން މައުލޫމާތު ދެއެވެ. ނަމަވެސް 8 މަސްދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެކަމަށް ލަފާކުރެވެއެވެ.
އިތުރު ލިޔުންތައް

މި ސީޒަންގެ އެންމެ ފޯމުގައި އޮތް ބާސެލޯނާއިން ބަޔާން މިޔުނިކް ލަދުގަންނަވާލައިފި.
6 މަސް ކުރިން
މުސިއާލާ ގެ ހެޓްރިކާއެކު ބާޔާން މިޔުނިކް ޑީ.އެފް.ޕީ ޕޮކާލްގެ ތިންވަނަ ބުރަށް.
6 މަސް ކުރިން
ބަޔާން މިއުނިކްގެ ޑިފެންޑަރު އަލްފޮންސޯ ޑޭވިސް މަސްތުގެ ހާލުގައި މަގުމަތިން ހިފަހައްޓައިފި
5 މަސް ކުރިން