logoEN
ކުޅިވަރު

މެޑްރިޑްގެ 4 ކުޅުންތެރިން އާރސެނަލް މެޗަށް ސަސްޕެންޑުކުރަނީ!

އެތްލެޓީކޯ މެޗުގައި ރުޑީގާގެ ސެލެބްރޭޝަން. ފޮޓޯ: ގޯލް

އެތްލެޓީކޯ މެޗުގައި ރުޑީގާގެ ސެލެބްރޭޝަން. ފޮޓޯ: ގޯލް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

28 މާރިޗު 2025 - 05:49

ޗެމްޕިއަންސް ލީގުގައި އެޓްލެޓިކޯ މެޑްރިޑާ ކުރިމަތިލައި ޕެނަލްޓީ ޝޫޓްއައުޓުން މެޗު ކާމިޔާބުކުރުމަށްފަހު ރިއަލް މެޑްރިޑްގެ ކުޅުންތެރިން ހަދާފައިވާ ސެލެބްރޭޝަންތަކާ ގުޅިގެން ޔުއެފާއިން ތަހުގީގެއް ފަށައިފިއެވެ.

މި ތަހުގީގުގައި ޚާއްސަކޮށް ބަލަމުންދަނީ ކައިލިއަން އެމްބާޕޭ، ވިނިސިއަސް ޖޫނިއާ، އެންޓޯނިއޯ ރުޑިގާ އަދި ދާނީ ސެބާލޯސްގެ ސެލެބްރޭޝަންތަކަށެވެ. އެޓްލެޓިކޯ މެޑްރިޑުން ވަނީ މި ކުޅުންތެރިން ހެދި ސެލެބްރޭޝަންތަކާ ގުޅިގެން ޔުއެފާއަށް ޝަކުވާ ހުށަހަޅާފައެވެ.

Athletico Madrid in Real ge 4 kulhuntheriehgge massala hifaigen UEFA ahFacebookViberTelegramXWhatsApp

ޝަކުވާގައި ފާހަގަކޮށްފައިވާ ގޮތުން، އެމްބާޕޭ ވަނީ އެޓްލެޓިކޯ ސަޕޯޓަރުންނާ ދިމާލަށް ނުއެކަށީގެންވާ އިޝާރާތްތަކެއް ކޮށްފައެވެ. އަދި އޭނާގެ ޓީމު މެޓުންވެސް ވަނީ އެކި ބާވަތުގެ އިޝާރާތްތައް ކޮށްފައިވާ ކަމަށް ބުނެއެވެ.

ޔުއޭފާއިން ބަލަމުންގެންދަނީ ރެއާލް މެޑްރިޑްގެ ފުރަޔަމަ 11 ގެ އެންމެ މުހިންމު ކުޅުންތެރިންނެވެ.މިމައްސަލައިގައި ޔުއޭފާއިބް ކުޅުންތެރިން ސަސްޕެންޑްކޮށްފިނަމަ ޗެންޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި އާރސެލަން އާއި ރެއާލް މެޑްރިޑް ކުޅެން ހަމަޖެހިފައިވާ މެޗު ކުޅުންތެރިންނަށް ގެއްލޭނެއެވެ.

މި މައްސަލައިގައި ކުޅުންތެރިންނަށް އަދަބު ލިބިދާނެ ކަމަށް ބެލެވުނު ނަމަވެސް، މެޗުތަކުން ސަސްޕެންޑް ކުރެވޭ ވަރުގެ އަދަބެއް ނުލިބޭނެ ކަމަށް ބައެއް ފަރާތްތަކުން ފާހަގކުރެއެވެ. އެހެން ނަމަވެސް ކުޅުންތެރިންނާއި ކުލަބަށް ބޮޑު އަދަދެއްގެ ޖޫރިމަނާއެއް ކުރެވިދާނެ ކަމަށް ބެލެވެއެވެ. މީގެކުރިންވެސް މިފަދަ މައްސަލަތަކުގައި ޔުއޭފާއިން ގިނަ ފަހަރަށް އަޅާފައިވާ ފިޔަވަޅަކީ ޖޫރިމަނާކުރިމެވެ.

ޔުއެފާއިން މި މައްސަލަ ތަހުގީގު ކުރަމުންދާއިރު، އަދި މިހާތަނަށް ވަކި ނިންމުމެއް ނިންމާފައެއް ނުވެއެވެ. އަދި ތަހުގީގުގެ ނަތީޖާއަށް ބިނާކޮށް އަޅާނެ ފިޔަވަޅުތައް ކަނޑައަޅާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

871x217_placeholder