logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެތްލެޓިކޯ މެޑްރިޑުން ރެއާލްގެ 4 ކުޅުންތެރިއެއްގެ މައްސަލަ ހިފައިގެން ޔުއޭފާއަށް

އަބްދުﷲ ޣާނިމް
22 މާރިޗު 2025 - 05:31
އެތްލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑު ވާދަކުރި މެޗުގެ ތެރެއިން.
އެތްލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑު ވާދަކުރި މެޗުގެ ތެރެއިން.

ޗެމްޕިއަންސް ލީގުގެގަދަ 16 ގައި އެތްލެޓިކޯ މެޑްރިޑުގެ ދަނޑުގައި އެތްލެޓިކޯ އާއި ރެއާލް މެޑްރިޑް އާއި ބައްދަލުކުރި މެޗާ ގުޅިގެން އެޓްލެޓިކޯ މެޑްރިޑުން ވަނީ ރެއަލް މެޑްރިޑްގެ 4 ކުޅުންތެރިން ކުޅިވަރުގެ ރޫހާ ޚިލާފު ޢަމަލުތަކާ ގުޅިގެން ޔުއެފާއަށް ރިޕޯޓުކޮށްފައެވެ.

މި މައްސަލައިގައި ހިމެނެނީ މެޓްރޮޕޮލިޓާނޯގައި ކުޅުނު ދެވަނަ ލެގުގައި އަދި އޭގެ ފަހުން ހިނގި ހާދިސާތަކެވެ. މި މެޗު ރެއަލް މެޑްރިޑުން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެންނެވެ. އެގޮތުން ވިނީޝިއުސް އާއި ގުޅޭ 6 މައްސަލައެއް ހުށަހަޅާފައިވާކަމަށް ރިޕޯރޓްތައް ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން މެޗުނިމިގެން އެންޓޯނިއޯ ރުޑިގަރ ވަނީ އެޓްލެޓިކޯގެ ސަޕޯޓަރުންނާ ދިމާލަށް އިންޒާރުދޭ އިޝާރާތެއް ކޮށްފައިކަމަށާއި އަދި ޑެނީ ސެބާޔޯސް ވަނީ ޕްރޮވޯކް ކުރުމުގެ ގޮތުން އޭނާގެ އަތްދަނޑިތައް ކަނޑާލާ އިޝާރާތް ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. އަދި އެމްބާޕޭ ވެސް ވަނީ ކުރިން ޑިއެގޯ ސިމިއޯނީއަށް ސަސްޕެންޝަނެއް ލިބުނު ފަދަ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އެޓްލެޓިކޯއިން އެންމެ ސީރިއަސް އަމަލެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރުޑިގަރގެ އަމަލެވެ.

އެތްލެޓިކޯ މެޑްރިޑުން މިމައްސަލަ ހުށަހަޅާފައިވަނީ ޗެންޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި ރެއާލް މެޑްރިޑް އާރސެނަލް އާއި ބައްދަލުކުރަން ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިލަރެއާލް ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ ތާވަލުގެ އެއްވަނައަށް ޖެހިލައިފިކުޅިވަރު | 2 ދުވަސް ކުރިން ރެއާލް އިން މެސީ ލައިޓްގެ ޓީމު ހަމަބިމަށް ތިރިކޮށް ޗެންޕިއަންސް ލީގުގެ ދެވަނައަށްކުޅިވަރު | 6 ދުވަސް ކުރިންފެތިފައި އޮތް މެޑްރިޑް ޕެނަލްޓީގެ އެހީގައި ފެނުން މައްޗަށް ޖެހިލައިފިކުޅިވަރު | 9 ދުވަސް ކުރިންދެވަނަ ޑިވިޝަނުގެ ރެލިގޭޝަނުގައި އޮތް ޓީމެއް އަތުން ބަލިވެ، ރެއާލްގެ އޮޑި ފެތިއްޖެކުޅިވަރު | 12 ދުވަސް ކުރިން