logo
Bank of Maldives

Bank of Maldives

ކުޅިވަރު

ދެވަނަ ޑިވިޝަނުގެ ރެލިގޭޝަނުގައި އޮތް ޓީމެއް އަތުން ބަލިވެ، ރެއާލްގެ އޮޑި ފެތިއްޖެ

އަބްދުﷲ ޣާނިމް
15 ޖެނުއަރީ 2026 - 03:45
ދެވަނަ ޑިވިޝަނުގެ ރެލިގޭޝަނުގައި އޮތް ޓީމެއް އަތުން ބަލިވެ، ރެއާލްގެ އޮޑި ފެތިއްޖެ

ރެއާލް މެޑްރިޑްގެ އައު ކޯޗު އަލްވާރޯ އާބެލޯއާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި، ދެވަނަ ޑިވިޝަނުގެ ރެލިގޭޝަނުގައި އޮތް އަލްބަސެޓޭ އަތުން 3-2 އިން ބަލިވެ ކޮޕާ ޑެލް ރޭ މުބާރާތުން ރެއާލް މެޑްރިޑް ކަޓައިފިއެވެ. ބުދަ ދުވަހުގެ ރޭ ކުޅުނު މި މެޗަކީ މުބާރާތުގެ ގަދަ 16 ގެ މެޗެކެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން އިތުރަށް ދެއްކި ވަގުތުގެ ހަތަރުވަނަ މިނެޓުގައި ޖެފްޓޭ ބެޓަންކޯރް ކާމިޔާބުކުރި ލަނޑާއެކު އަލްބަސެޓޭ ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ. އޭގެ ކުޑައިރުކޮޅެއް ކުރިން ގޮންޒާލޯ ގާސިއާ ޖެހި ލަނޑުން ރެއާލް މެޑްރިޑުން ވަނީ 2-2 އިން ނަތީޖާ އެއްވަރުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޒަބީ އޮލޮންސޯގެ ބަދަލުގައި ހޯމަ ދުވަހު މަގާމާ ހަވާލުވި އާބެލޯއާގެ ފުރަތަމަ މެޗުގައި ރެއާލްގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. މެޗުގެ 42 ވަނަ މިނެޓުގައި އަލްބަސެޓޭގެ ހާވިއާ ވިޔާރް ލަނޑެއް ޖަހާފައިވަނިކޮށް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފްރެންކޯ މަސްޓަންޓުއޯނޯ ވަނީ ރެއާލްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް 82 ވަނަ މިނެޓުގައި ބެޓަންކޯރް އަލްބަސެޓޭއަށް އަލުން ލީޑު ހޯދައިދިނެވެ.

މި މެޗުގައި އާބެލޯއާ ވަނީ ރެއާލްގެ ބައެއް މުހިންމު ކުޅުންތެރިން ކަމަށްވާ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ކޯޓުއާ ފަދަ ކުޅުންތެރިންނަށް އަރާމުދީ، ބީ-ޓީމުގެ ބައެއް ކުޅުންތެރިން ބޭނުންކޮށްފައެވެ. މީގެ ސަބަބުން ލަނޑު ޖަހާނެ ފުރުސަތުތައް އުފެއްދުމަށް ރެއާލްއަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

މިބައްޔާއެކު މުބާރާތުން ރެއާލް މެޑްރިޑް އަލްވަދާޢު ކިޔާފައިވާއިރު، މިދިޔަ އާދިއްތަދުވަހު ރެއާލް މެޑްރިޑް ވަނީ ސްޕެނިޝް ސުޕަކަޕް ފައިނަލުގައި ވާދަވެރި ބާސެލޯނާއަތުން ބަލިވެފައެވެ. މިއާއެކު ފާއިތުވެދިޔަ 4 ދުވަހުގެ ތެރޭގައި ރެއާލް ވަނީ މި ސީޒަނުގެ ދެމުބާރާތެއްގެ ތަށި ގެއްލުވާލާފައެވެ. ރެއާލް އިން ހޯދަމުންދާ ދަށް ނަތީޖާތަކާހުރެ މީގެ ދެދުވަސްކުރިން އަލޮންސޯ ކޯޗުކަމުން ވަކިކޮށްފައިވާއިރު، ރެއާލް މިވަގުތު އޮތޯ ލީގުގައި ބާސެލޯނާއަށްވުރެ 4 ޕޮއިންޓް ފަހަތުގައި ދެވަނައިގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެއާލް މެޑްރިޑް އެކަނި އެންމެ ފަހުން ހަތިޔާރު ބަހަަށްޓައި ސުޕަލީގު ދޫކޮށްލުމަށް ޔުއޭފާއާއެކު އެއްބަސްވުމަކަށް އައިސްފިކުޅިވަރު | 4 ދުވަސް ކުރިންމުޙިންމު ކުޅުންތެރިންތަކެއް މަދުކޮށް ކުޅުނު ރެއާލްއިން އުނދަގޫ މޮޅެއް ހޯދައި ބާސެލޯނާއާއި އެއްޕޮއިންޓާ ގާތަށް ޖެހިލައިފިކުޅިވަރު | 7 ދުވަސް ކުރިންޕެނަލްޓީ އެފްސީ އަނެއްކާވެސް ޕެނަލްޓީގެ ބާރުގައި ފަހުވަގުތު މޮޅުވެ ބާސާއަށް ޕްރެޝަރުކޮށްފިކުޅިވަރު | 14 ދުވަސް ކުރިންރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާ ދެކޮޅަށް ސަޕޯޓަރުން ވަރުގަދަ މުޒާހަރާއެއް ރާވަނީކުޅިވަރު | 15 ދުވަސް ކުރިން