logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވިލަރެއާލް ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ ތާވަލުގެ އެއްވަނައަށް ޖެހިލައިފި

އަބްދުﷲ ޣާނިމް
25 ޖެނުއަރީ 2026 - 02:45
ވިލަރެއާލް ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ ތާވަލުގެ އެއްވަނައަށް ޖެހިލައިފި

ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުގައި ވިޔަރެއާލްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދައި، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. އެސްޓާޑިއޯ ޑި ލަ ސެރަމިކާގައި ކުޅުނު މި މެޗުގައި ރެއާލްގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭއެވެ.

މި މޮޅާއެކު ރެއާލް މެޑްރިޑަށް ވަނީ ތާވަލުގެ އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ލިބިފައެވެ. ނަމަވެސް ދެވަނައިގައި އޮތް ބާސެލޯނާއިން އާދީއްތަ ދުވަހު ރެއާލް އޮވިއެޑޯއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އަލުން އެއްވަނަ ހޯދުމުގެ ފުރުސަތު އެ ޓީމަށް އޮންނާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ވަރަށް ވާދަވެރި ކުޅުމެކެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ރެއާލްގެ އާރްދާ ގުލާ އަށެވެ. އޭނާ ވިޔަރެއާލްގެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާ ދިޔައީ ސީދާ ކީޕަރު ލުއިޒް ޖޫނިއާގެ އަތަށެވެ.

ރެއާލްއިން މެޗުގެ ފުރަތަމަ ލަނޑު ޖެހީ ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައެވެ. ވިނީޝިއަސް ޖޫނިއާ އޭނާގެ ހުނަރުވެރިކަމާއެކު ވިޔަރެއާލްގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހުރަސް ޕާޕޭ ގޭއި ބްލޮކް ކުރި ނަމަވެސް، ރީބައުންސްވި ބޯޅަ އެމްބާޕޭ ވަނީ ހުށިޔާރުކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ރެއާލްގެ ދެވަނަ ލަނޑު އެމްބާޕޭ ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ އޭނާއަށް އޭރިއާ ތެރެއިން އަލްފޮންސޯ ޕެޑްރާޒާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އެމްބާޕޭ މި ޕެނަލްޓީ ފޮނުވާލީ 'ޕެނެންކާ' ސްޓައިލަށެވެ.

ރޭގެ މެޗުގައި އެމްބާއްޕޭ ޖެހި ދެގޯލާއެކު އެމްބާއްޕޭ ވަނީ މިސީޒަނުގައި މިހާތަނަށް ލީގުގައި 21 ގޯލު ޖަހާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިލަރެއާލް ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ ތާވަލުގެ އެއްވަނައަށް ޖެހިލައިފިކުޅިވަރު | ގަޑިއިރެއް ކުރިން ރެއާލް އިން މެސީ ލައިޓްގެ ޓީމު ހަމަބިމަށް ތިރިކޮށް ޗެންޕިއަންސް ލީގުގެ ދެވަނައަށްކުޅިވަރު | 4 ދުވަސް ކުރިންފެތިފައި އޮތް މެޑްރިޑް ޕެނަލްޓީގެ އެހީގައި ފެނުން މައްޗަށް ޖެހިލައިފިކުޅިވަރު | 8 ދުވަސް ކުރިންދެވަނަ ޑިވިޝަނުގެ ރެލިގޭޝަނުގައި އޮތް ޓީމެއް އަތުން ބަލިވެ، ރެއާލްގެ އޮޑި ފެތިއްޖެކުޅިވަރު | 10 ދުވަސް ކުރިން