logoEN
ދުނިޔެ

އެމެރިކާއާއެކު ނުސީދާ މަޝްވަރާތަކަށް އީރާނު އޮތީ ތައްޔާރަށް

އާމިނަތު ސަފާއާމިނަތު ސަފާ

28 މާރިޗު 2025 - 07:42

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޓީއަށް އީރާނުން ޖަވާބުދީ އެމެރިކާއާ އެކު ނުސީދާ މަޝްވަރާތަކަށް ތައްޔާރަށް އޮތްކަން ހާމަކޮށްފިއެވެ. އީރާނުގެ ރަސްމީ ނޫސް އޭޖެންސީން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީއާ ހަވާލާދީ ބުނެފައިވަނީ އީރާނުން ޓްރަމްޕްގެ ސިޓީއަށް ޖަވާބުދީފައިވަނީ އޮމާން މެދުވެރިކޮށްކަމަށެވެ.އީރާނުގެ ސިޔާސަތަކީ އަދިވެސް ފިއްތުންތަކާއި ބިރުދެއްކުމުގެ ދަށުން ސީދާ މަޝްވަރާތަކުގައި ބައިވެރިނުވުމެވެ. ނަމަވެސް، ނުސީދާ މަޝްވަރާތައް ކުރިއަށް ގެންދެވިދާނެކަމަށް އައްބާސްވަނީ ވިދާޅުވެފައެވެ. އައްބާސް ވިދާޅުވީ ސިޓީގެ ޖަވާބުގައި ވާނީ މިހާރުގެ ހާލަތާއި ޓްރަމްޕްގެ ސިޓީއާ ގުޅޭގޮތުން އީރާނުގެ ނަޒަރު ތަފްސީލުކޮށް ބަޔާންކޮށްފައިކަމަށެވެ. 2015 ވަނަ އަހަރު އީރާނާއި ދުނިޔޭގެ ބާރުވެރި ޤައުމުތަކާ ދެމެދު ވެވުނު އެއްބަސްވުމުން އެމެރިކާ ވަކިވެފައިވަނީ ޓްރަމްޕްގެ ފުރަތަމަ ދައުރުގައެވެ. މި އެއްބަސްވުމުގެ ދަށުން އީރާނުގެ ނިއުކްލިއަރ ޙަރަކާތްތަކަށް ހަރުކަށި ހުދޫދުތަކެއް ކަނޑައެޅި، އޭގެ ބަދަލުގައި އީރާނަށް ދަތިކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްދިނެވެ.2018 ގައި ޓްރަމްޕް މި އެއްބަސްވުމުން ވަކިވެ، އީރާނަށް ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އޭގެ ފަހުން، ބައިނަލްއަޤްވާމީ އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) އިން ބުނެފައިވަނީ އީރާނުގައި ޒަމާނީ ބޮން އުފެއްދޭވަރުގެ ފިޝަބަލް މެޓީރިއަލް ހުރި ނަމަވެސް، އެއްވެސް ބޮމެއް އުފެއްދުމަށް މަސައްކަތްކޮށްފައި ނުވާ ކަމަށެވެ. އީރާނުން ބުނަނީ އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމަކީ މުޅިން ސިވިލް ބޭނުންތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.އީރާނުގެ ޖަވާބު ސިޓީގެ އިތުރު ތަފްސީލު އާއްމުވެފައިނުވާއިރު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ސިފައިން ބޭނުންކުރާނެކަމަށްބުނެ ޓްރަމްޕް ދީފައިވާ އިންޒާރަށް އީރާނުން މިހާތަނަށް އިޖާބަދީފައެއް ނުވެއެވެ.އެމެރިކާއިން މިހާރު ގެންގުޅެމުންދަނީ އީރާނަށް ވީހާވެސް ބޮޑަށް ފިއްތުންތައް ކުރިމަތިކުރުމުގެ ސިޔާސަތެކެވެ.

ކޮމެންޓް

871x217_placeholder