logo
Bank of Maldives

Bank of Maldives

ޚަބަރު

އިސްރާއިލަށް ދޭ ރައްދުހަމަލާ އަމާޒުކުރާނީ ހަކަތަ އާއި ގޭސް ރައްކާކުރާ ތަންތަނަށް : އީރާން

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
4 އޮކްޓޯބަރު 2024 - 14:42
 އާޔަތުالله ޢަލީ ޚާމަނާއީ ވާހަކަ ދައްކަވަނީ
އާޔަތުالله ޢަލީ ޚާމަނާއީ ވާހަކަ ދައްކަވަނީ

އިސްރާއިލުން އީރާނަށް އިތުރު އެއްވެސް ހަމަލާއެއް ދީފިނަމަ އިޒްރޭލުގެ ހަކަތަ އާއި ގޭސް ރައްކާކުރާ މަރުކަޒުތަކަށް އީރާނުން ހަމަލާދޭނެ ކަމަށް އީރާނުގެ އެންމެ އިސްވެރިޔާ އާޔަތުالله ޢަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ. އާޔަތުالله ޢަލީ މިހެން ވިދާޅުވީ ތެހެރާނުގައި ހުންނަ އިމާމް ޚުމެއިނީ ގްރޭންޑް މޮސައްލާ މިސްކިތުގައި މިއަދުގެ ހުކުރު ނަމާދަށް ފަހު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

"އެ މީހުން އެފަދަ ގޯހެއް ހަދައިފި ނަމަ، އެ މީހުންގެ ހަކަތައިގެ ހުރިހާ ވަސީލަތްތަކާއި އިންސްޓޯލްމަންޓާއި ހުރިހާ ރިފައިނަރީތަކާއި ގޭސް ރައްކާކުރާތަންތަނަށް ހަމަލާދޭނަން."- އާޔަތުالله ޢަލީ ޚާމަނާއީ
Ad by Hajj Corporation

Ad by Hajj Corporation

AP24278391758810.jpg

އާޔަތުالله ޢަލީ ޚާމަނާއީ އާއި އީރާނުގެ ބައެއް އިސްވެރިން

 

އީރާނުން މިފަދައިން ބުނެފައިމިވަނީ އިސްރާއީލުން އީރާނަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައިވަނިކޮށެވެ. އީރާނުން އިސްރާއީލަށް ސީދާ ހަމަލާއެއް ދިނީ އިސްރާއިލުން ހަމާސް އަދި ހިޒްބުﷲގެ އިސް ލީޑަރުން ތަކެއް ޝަހީދުކުރުމާއި ގުޅިގެން އޭގެ ބަދަލުގައެވެ. އީރާނުން ވަނީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ އިސްތިއުމާރީ ހަރަކާތްތައް ހުއްޓާލަންދެން އިސްރާއީލަށް ހަމަލާދޭނެ ކަމަށް ވެސް ބުނެފައެވެ.

"އަހަރުމެންގެ ލީޑަރުން ޝަހީދުވިޔަސް އަހަރުމެން ފަހަތަށް ނުޖެހޭނަން، އަހަރުމެން ކާމިޔާބު ހޯދާނަން. އިސްރާއީލަކަށް އަހަރުމެންގެ މައްޗަކަށް ކުރިއެއް ނުހޯދޭނެ."- އާޔަތުالله ޢަލީ ޚާމަނާއީ

ފަލަސްތީނަށް ތާއީދުކުރާ ގިނަ ބަޔަކު މިއަދުގެ ހުކުރު ނަމާދަށް ފަހު ޝަހީދުވި ހަމާސް އަދި ހިޒްބުﷲ ގެ އިސް ލީޑަރުންގެ ފޮޓޯ ހިފައިގެން އިމާމް ޚުމެއިނީ ގްރޭންޑް މޮސައްލާ މިސްކިތް ކުރިމައްޗަށް އެއްވެފައިވެއެވެ.

އީރާނުގެ އަސްކަރީ ޖަމާއަތް ކަމަށްވާ އީރާން ރިވޮލިއުޝަނަރީ ގާޑަކީ އެގައުމުގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމުގައި ބޮޑު ދައުރެއް އަދާކޮށް، އިގްތިސާދުގެ ބޮޑު ބައެއްގެ ހިއްސާ އޮންނަ ޖަމާއަތެކެވެ. ލުބުނާނުގެ ހިޒްބުالله އާއި ފަލަސްތީނުގެ ހަމާސް ފަދަ ޖަމާއަތްތަކާއި އޮންނަ ބަދަހި ގުޅުމުގެ ސަބަބުން މެދުއިރުމަތީގައި އީރާނުގެ ނުފޫޒު ވަނީ އިތުރަށް ވަރުގަދަވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެދުއިރުމަތީގައި ހިނގަމުންދާ ކަންކަމުގެ އަސަރު ސީދާ ރާއްޖެއަށް ކުރާނެ: މިނިސްޓަރޚަބަރު | 6 ގަޑިއިރު ކުރިންޚާމަނާއީ ޝަހީދުވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފިޚަބަރު | 15 ގަޑިއިރު ކުރިންއީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެއްޖެކަން އިއުލާންކޮށްފިދުނިޔެ | 15 ގަޑިއިރު ކުރިންރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ފަށައިފިޚަބަރު | ދުވަހެއް ކުރިން