logo
Bank of Maldives

Bank of Maldives

ޚަބަރު

ހިޖުރީމަހެއް ފެށުމަށް ހަނދު ހަމަލޮލަށް ފެނުން ލާޒިމެއް ނޫން: މައުމޫން

މުހައްމަދު މޫސާމުހައްމަދު މޫސާ
29 މާރިޗު 2025 - 02:06
ހިޖުރީމަހެއް ފެށުމަށް ހަނދު ހަމަލޮލަށް ފެނުން ލާޒިމެއް ނޫން: މައުމޫން

ހިޖުރީމަހެއް ފެށުމަށް އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމު ނޫންކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

މިރޭ ހަނދު ބަލަން ތައްޔާރުޔާރުވެފައިވާއިރު، ފަލަކީ އިލްމުގައި ވެސް ފާހަގަކޮށްލެވޭ ޢިލްމްވެރިޔާ، ކުރީގެ ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މި ވާހަކަ ވިދާޅުވެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އިރު އޮއްސުމަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަނދު ނޯއްސި ހުރިކަން ހިސާބުން ސާބިތުވާނަމަ އާމަހެއް ފެށުނީއެވެ،" މައުމޫން ވިދާޅުވިއެވެ.

މީގެ އިތުރުން، މައުމޫން ކުރިން ވިދާޅުވެފައިވާ ގޮތުގައި މާރިޗު 30 ވާ އާދީއްތަ ދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަހަށް ވާނެކަމަށް ވަރަށް ބޮޑަށް ޔަޤީން ކުރެވެއެވެ.

 

 

މި ފަހަރުގައި ޝައްވާލް މަހަށް ހަނދު ބެލުމުގައި އިސްލާމީ ގައުމުތަކުގެ މެދުގައި ތަފާތުތަކެއް ހުރި އިރު، ފަލަކީ ހިސާބުތައް ދައްކާ ގޮތުން ނަމަ ރާއްޖެ އާއި ރާއްޖެ އަށް ވުރެ އިރުމަތީގައި އޮތް އެއްވެސް ގައުމަކަށް މި ރޯދަމަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހު، ޝައްވާލް މަހުގެ ހަނދެއް ނުފެންނާނެ ކަމަށް މައުމޫން ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ކަލަންޑަރުގައިވާ ގޮތުން ނަމަ ޝައްވާލް މަހުގެ 1 ވަނަ ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމަށް ވެސް މައުމޫން ފާހަގަކުރެއްވިއެވެ.

މައުމޫންގެ މި ވިދާޅުވުމާއި ތަފާތު ވިދާޅުވުމެއް ޤައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރ ޑރ. ޙަސަން ޙަމީދު އާންމު ކުރެއްވި ތަފްސީލީ ލިޔުއްވުމެއްގައި ވަނީ ވިދާޅުވެފައެވެ. ޑރ. ޙަސަން ޙަމީދު ލިޔުއްވާފައި ވަނީ 2025 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހަކަށް ވާނީ 31 މާޗް 2025 ވާ ހޯމަ ދުވަސް ކަމަށް ބެލެވޭ ކަމަށެވެ.

ޝައްވާލު މަހުގެ ހަނދު ސާބިތުކުރުން މިރޭ އޮންނާނެއެވެ. ހަނދު ސާބިތުކުރުމާމެދު ގޮތް ކަނޑައަޅާނީ އެކަމަށް ބާއްވާ ހަނދު ސާބިތުކުރުމުގެ ޖަލްސާގައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަޞްރުގެ ދުވަހުގެ އައްޑަނައިގެ ޙައްޤުވެރި ވެރިންނަކީ ހިތްވަރުގަދަ ދިވެހި ރައްޔިތުން: ރައީސް މައުމޫންޚަބަރު | 4 ގަޑިއިރު ކުރިންމައުމޫނަށާއި ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް އައްޑަނަ އެރުވުމަށް ރައީސް ނިންމަވައިފިޚަބަރު | ދުވަހެއް ކުރިންމި ފެށުނީ އިސްލާމީ އައު އަހަރެއްނޫން, ހިޖުރީ އައު އަހަރު: މައުމޫންޚަބަރު | 4 މަސް ކުރިންއެމްޓީސީސީން މައުމޫނާ ދެކޮޅަށް ކުރި ދަޢުވާ އަނބުރާ ގެންގޮސްފިޚަބަރު | 7 މަސް ކުރިން