logo
Bank of Maldives

Bank of Maldives

ރިޕޯޓް

މިފަދަ އީދެއް ނާދޭ، ރައްޔިތުންގެ މޫނު މަތިން އުފަލާ ހިއްހަމަ ޖެހުން!

ހުސައިން ވަސީމް
30 މާރިޗު 2025 - 17:51
މިފަދަ އީދެއް ނާދޭ، ރައްޔިތުންގެ މޫނު މަތިން އުފަލާ ހިއްހަމަ ޖެހުން!

"އީދު އުފާ" މި ނަމުގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ ހަރަކާތަކީ ރައްޔިތުންގެ މެދުގައި ފާހަގަ ކޮށްލެވުނު ހަރަކާތެކެވެ. އީދު ފާހަގަ ކުރުމަށް މީގެ ކުރިން މިފަދަ ހަރަކާތްތަކެއް ބާއްވާފަ އެއް ނުވެ އެވެ. މި ހަރަކާތްތަކަކީ ރައްޔިތުން އުފަލާއެކު ބަލައިގެން ހަރަކާތްތަކެކެވެ. މި ހަރަކާތުން ރައްޔިތުންގެ މޫނު މަތިން އުފަލާ ހިއްހަމަ ޖެހުން ފެނިގެން ދިޔަ އެވެ.

396684_eee41613-d_.jpeg

Ad by Hajj Corporation

Ad by Hajj Corporation

އީދު ފަދަ މުނާސަބަބތުތައް މީގެ ކުރިން މިހާ ކުލަ ގަދަކޮށް ފާހަގަ ކޮށްފަ އެއް ނުވެ އެވެ. މީގެ ކުރިން އީދަކީ އަހަރުގެ އެހެން ދުވަސްތަކެކޭ އެއްފަދަ ދުވަހެކެވެ.މާ ބޮޑު ފޯރިއެއް ނޯވެ އެވެ. ކުރީ ޒަމާނުގައި އަހަރެމެން ދިވެހީންނަކީ އީދު ފަދަ އިސްލާމީ ދުވަސްތައް ކުލަ ގަދަކޮށް ފާހަގަ ކުރާ ބައެކެވެ. އެހެން ނަމަވެސް މީގެ ކުރީ ސަރުކާރުތަކުން އެކަންކަމަށް މާބޮޑު ސަމާލުކަމެއް ނުދެ އެވެ. އެހެންގޮސް އީދު ފާހަގަ ކުރުން ހާއްސަކޮށް ވެރިރަށް މާލޭގައި އޮތީ ނެތިގޮސްފަ އެވެ.

396725_48d5976e-3_.jpeg

އެހެން ނަމަވެސް މި ސަރުކަރު ވެރިކަމަށް އައި ފަހުން އެކަން ބަދަލުވެގެން ހިނގައްޖެ އެވެ.ކުލަ ގަދަކޮށް އީދު ފަދަ ދުވަސްތައް ފާހަގަ ކުރަން ވަނީ ފަށާފަ އެވެ.

396483_d388705c-6_.jpeg

އީދު ފާހަގަ ކުރުމަށް އީދު ދުވަހުގެ ހަވީރު އެމްއެންޑީއެފް އާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން "އީދު ހަވީރު" ގެ ނަމުގައި މިއަދު ހަވީރު ސަލްޓަންޕާކާއި ޖުމްހޫރީ މައިދާނު ސަރަހައްދުގައި ވަނީ ބޮޑު ކުޑަކުދިންގެ ހަވީރެއް ބާއްވާފަ އެވެ. އީދު ހަދިޔާ ދިނުމާއި މުނިފޫހިފިލުމުގެ ގިނަ ހަރަކާތްތަކެއް އެ ސަރަހައްދުގައި ކުރިއަށް ދިޔަ އެވެ.ކުޑަކުދީންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ހަރަކާތަކަށް މިހަރަކާތްވެގެން ދިޔަ އެވެ.

396467_63810412-0_.jpeg

396468_59af144e-9_.jpeg

ފާހަގަ ކޮށްލެވުނު އެއް ކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ބައިވެރިވެވަޑައިގެންނެވިކަމެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ދެކަނބަލުންގެ އިތުރުން ދައުލަތުގެ ވަޒީރުން ވަނީ، ރައްޔިތުންނާއެކު "ޢީދު އުފާ" ހަރަކާތް ނިމެންދެން ބައިވެރިވެފަ އެވެ.ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ އެތަނަށް ޒިޔާރަތްކުރި ކުދިންނާ އެކު ފޮޓޯ ނަގައި ކުޅިވަރުތަކުގައިވެސް ބައިވެރިވެ ވަޑައިގެންފައެވެ. މިއީ ވެރިއެއްގެ ފަރާތުން ފެނިގެން ދިޔަ ހިއްގައިމު މަންޒަރެކެވެ.

ހަވީރު ބޭއްވި "އީދު އުފާ" ގެ އިތުރުން މިރޭ ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައިވެސް ފޯރި ގަދަ ހަރަކާތްތަކެއް ބާއްވާފަ އެވެ. މިގޮތުން ޢީދު ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކްގައި ވަނީ ހަވާއެރުވުމާއި ޑްރޯން ޝޯއެއް ކުރިއަށް ގެންގޮސްފަ އެވެ.

396473_2e3578e2-9_.jpeg

މިރޭ 21:00 ގައި ހަވާ އެރުވުމަށްފަހު 15 ވަރަކަށް މިނެޓު ވަނީ ޑްރޯން ޝޯވ ކުރިއަށް ގެންގޮސްފައެވެ. މި ޝޯގައި އިސްލާމް ދީނާ ގުޅުންހުރި ބައެއް މަންޒަރުތަކާއި، ރާއްޖޭގެ ކަނޑުގެ ބައެއް ދިރުންތަކާއި، ސަގާފަތާ ގުޅުންހުރި މަންޒަރުތައްވެސް ދައްކާފައިވެއެވެ. އަދި ފަލަސްތީނުގެ މުސްލިމުންގެ ހަނދާން އާކުރުމުގެ ގޮތުން، ފަލަސްތީނުގެ ދިދަ ހިތެއްގެ ސިފައިގައި ދައްކާފައިވެއެވެ. މި ހަރަކާތްތައް ބަލައިލުމަށް ސެންޓްރަލް ޕާކު ސަރަހައްދަށް ގިނަ އަދަދެއްގެ ރައްޔިތުން އެއްވިއެވެ. ސަރުކާރުން ދަނީ އީދަށް ރައްޔިތުން އުފާކޮށް ދިނުމަށް ގިނަ ހަރަކާތްތަކެއް ރާވާ ހިންގަމުންނެވެ.

396477_14d1a475-2_.jpeg

އީދު ވިލޭރޭ "އީދު އަލި" މި ނަމުގައި މުޅި ރާއްޖެ ދިއްލާލުމަށް ވަނީ ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ. މި ހަރަކާތް ފެށީ އީދު ވިލޭރޭ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. ސަރުކާރުން ބުނެފައި ވަނީ ޢީދު އަލިން މުޅި ރާއްޖެ ދިއްލުމަކީ ރާއްޖޭގެ އެތައް ބަޔަކު އެދެމުންދާ ކަމަކަށް ވާތީ، މި ދިޔަ އަހަރު ދިއްލި ރަށްތަކުގެ އިތުރުން، އިތުރު 36 ރަށަކާއެކު، ޖުމްލަ 64 ރަށް ވަނީ ދިއްލާފަ އެވެ.މީގެ އިތުރުން ފާހަގަ ކޮށްލެވުނު އަނެއްކަމަކީ އީދު ވިލޭރެއިން ފެށިގެން މާލޭގެ ބޮޑެތި މަގުތަކުގައި ސްޕީކަރުތަކުން ތަކްބީރުގެ މަތިވެރި ކަލިމަތަކުގެ އަޑެވެ.

396517_78fd1049-c_.jpeg

އީދު ދިއްލުމުގެ ޙަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރކަމުގައި ހުންނެވި އިރު ފެއްޓެވި ޙަރަކާތެކެވެ. ކުލަބޮކިތަކާއި، ގިޑިގެތަކާއި، ސްޕީކަރުތަކުން މަގުމަތީގައި ﷲއަކުބަރުގެ ތަކުބީރުގެ އަޑުއިވޭހެން ކުރިއަށް ގެންދިޔަ މި ޙަރަކާތް ވެގެން ދިޔައީ މާލޭސިޓީގެ ގިނަ ބަޔަކު ބަލައިގަތް މުހިން ޙަރަކާތަކަށެވެ.

396721_e66ad9cc-2_.jpeg

މި ހުރިހާ ކަމަކުންވެސް ދައްކުވައި ދިނީ އަދުގެ ސަރުކާރުން ރައްޔިތުންގެ ހިއްހަމަ ޖެހުމަށް އިސްކަންދޭ މިންވަރެވެ. މިއަހަރުގެ ފިތުރު އީދު ވެގެން ދިޔައީ ފާހަގަ ކޮށްލެވޭ ހާއްސަކޮށް ކުޑަކުދީންގެ މެދުގައި މަގުބޫލު އީދަކަށެވެ. މިއީ ދީނީ މިފަދަ މުނާސަބަތުތަކަށް ސަރުކާރުން ދޭ އަހައްމިޔަތުކަމެވެ. އަދި ނެތެމުން ދިޔަ ދިވެހީންގެ އިހުގެ އާދަކާދަތަައް އަލުން ދިރުވުމަށް ސަރުކާރުން އިސްކަންދޭ މިންވަރެވެ. މި ފަދަ ކޮންމެ ހަރަކާތަކުންވެސް ދިވެހީންގެ އެއްބައިވަންތަކަން ފެނިގެން ދެ އެވެ.

396614_6272812f-5_.jpeg

 

މިއަދު ހަވީރު ކުރިއަށްގެންދިޔަ "ޢީދު ހަވީރު" ހޯމަ ދުވަހާއި އަންގާރަ ދުވަހު ހަވީރުވެސް ކުރިއަށް ގެންދަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝައްވާލު މަހަށް ހަނދުބެލުން މި މަހުގެ 18 ގަޚަބަރު | 3 ގަޑިއިރު ކުރިންވަޠަނީ ޚިދުމަތުގެ 3 ވަނަ ބުރުގައި ބައިވެރިވާން ހުޅުވާލައިފިޚަބަރު | 4 ގަޑިއިރު ކުރިންބޭރުގެ އިގްތިސާދީ ލޮޅުންތަކުގެ ނާޒުކުކަން ރާއްޖެއަށް އިންތިހާއަށް ބޮޑު: ރައީސްޚަބަރު | 17 ގަޑިއިރު ކުރިންފަހު ދިހައިގެ ދުވަސްތަކަށް ސަރުކާރު ބަންދުކޮށްފިޚަބަރު | 20 ގަޑިއިރު ކުރިން