logo
Bank of Maldives

Bank of Maldives

ކުޅިވަރު

އިނގިރޭސި އެފް.އޭ ކަޕް: ބޯންމައުތް ބަލިކޮށް ސިޓީ ސެމީއަށް ދަތުރުކޮށްފި

އަބްދުﷲ ޣާނިމް
31 މާރިޗު 2025 - 03:35
ނިކޯ އޮރައިލީ ވަނީ ދެވަނަ ހާފުގައި ކުޅެން އަރައި މެޗުގައި 2 އެސިސްޓް ހަދައިދީފައި. ފޮޓޯ: މެންސިޓީ
ނިކޯ އޮރައިލީ ވަނީ ދެވަނަ ހާފުގައި ކުޅެން އަރައި މެޗުގައި 2 އެސިސްޓް ހަދައިދީފައި. ފޮޓޯ: މެންސިޓީ

މެންޗެސްޓަރ ސިޓީ އެފްއޭ ކަޕްގެ ކުއަޓަރ ފައިނަލްގައި ބޯންމަތު 2-1 އިން ބަލިކޮށް، ވިދިވިދިގެން 7 ވަނަ ފަހަރަށް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. މި މެޗުގައި ސިޓީގެ ޒުވާން ކުޅުންތެރިޔާ ނިކޯ އޯރެއިލީ ވަނީ ދެ އެސިސްޓް ހޯދައިދީފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސިޓީއަށް ލިބުނު ޕެނަލްޓީ އާލިންގ ހާލަންޑް ވަނީ މިސްކޮށްލާފައެވެ، އަދި މެޗުގެ 21 ވަނަ މިނެޓުގައި އެވެނިލްސަން ވަނީ ބޯންމަތަށް ލީޑު ހޯދައިދީފައެވެ. ނަމަވެސް ދެވަނަ ހާފުގައި ކޯޗު ޕެޕް ގުއާޑިއޯލާ ވަނީ ޑިފެންޑަރ ކުސެނޯވް ގެ ބަދަލުގައި އޯރެއިލީ ކުޅެން އަރުވާފައެވެ. އަދި ކުލެން އެރިތާ 3 މިނެޓްފަހުން، އޯރެއިލީގެ ކްރޮސްއަކުން ހާލަންޑް ވަނީ އެއްވަރުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މުބާރާތުގެ ފަސްވަނަ ބުރުގައި ޕްލިމަތު އާގައިލްއާ ދެކޮޅަށް ދެ ގޯލު ޖެހި އޯރެއިލީ މި މެޗުގައި ވަނީ ދެ އެސިސްޓް ހޯދައިދީފައެވެ. އޭނާގެ ދެވަނަ އެސިސްޓުން އޯމަރ މަރްމޫޝް ޖެހި ގޯލުން ސިޓީ ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

މި ކާމިޔާބީއާއެކު ހާލަންޑް ވަނީ ޕްރިމިއަރ ލީގު ކުލަބެއްގައި ވިދިވިދިގެން ތިން ސީޒަންގައި 30 އަށް ވުރެ ގިނަ ގޯލު ޖަހާ ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައި ރެކޯޑު ފޮތުން ޖާގަހޯދާފައެވެ. މީގެ ކުރިން މި ރެކޯޑު އޮތީ މެންޗެސްޓަރ ޔުނައިޓެޑްގެ ރޫޑް ވަން ނިސްޓަލްރޯއި އަތުގައެވެ.

އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި ސިޓީ ވެމްބްލީގައި ކުޅޭނީ ނޮޓިންގަމް ފޮރެސްޓާ ދެކޮޅަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާމޫޝް އަދި ސަވީނިއޯ 150 މިލިއަން ޕައުންޑަށް ޓޮޓެންހަމަށް ވިއްކާލަން ސިޓީ ތައްޔާރުވެއްޖެކުޅިވަރު | މަހެއް ކުރިންޕްރީމިއަރ ލީގުގެ އެންމެ ކާމިޔާބު އެއްކޯޗު ގާޑިއޯލާ ދޫކޮށްލައި ސިޓީގެ ކޯޗުކަން މަރެސްކާ އާއި ހަވާލުކުރަނީކުޅިވަރު | 4 މަސް ކުރިންސެމެންޔޯގެ ލަނޑުން ޗެލްސީ ބަލިކޮށް މެންޗެސްޓަރ ސިޓީއިން ސީޒަނުގެ ދެވަނަ ތަށި އުފުލާލައިފިކުޅިވަރު | 4 މަސް ކުރިންއާސެނަލްގެ ސަޕޯޓަރުންނަށް ތައްޔާރުކުރި ހިތިފަތުފެން ސިޓީގެ ސަޕޯޓަރުން ބޮއެފިކުޅިވަރު | 5 މަސް ކުރިން