logo
Bank of Maldives

Bank of Maldives

ޚަބަރު

ހޯޕް އައިލެންޑް ގިރާވަރު ފަޅަށް ބަދަލު ކުރަނީ

އަޙްމަދު ޒަލީފް
31 މާރިޗު 2025 - 10:40
ހޯޕް އައިލެންޑް ގިރާވަރު ފަޅަށް ބަދަލު ކުރަނީ

ދ. ވާނީގައި ހެދުމަށް ނިންމި "ހޯޕް އައިލެންޑް" ގިރާވަރު ފަޅަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް އަޙްމަދު ސިއްދީޤު ވިދާޅުވީ "ހޯޕް އައިލެންޑް" ދ. ވާނީގައި ތަރައްޤީކުރުމަށްޓަކައި ކުރެހުންތަކައި ކޮންސެޕްޓްތައްވެސް ތައްޔާރުކޮށް ނިންމާފައިވާކަމަށެވެ. ނަމަވެސް މާލެ ކައިރި ގިރާވަރު ފަޅު ހިއްކައިގެން "ހޯޕް އައިލެންޑް" އެތަނަށް ބަދަލުކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ 15 ހެކްޓަރުގެ ބިން ގިރާވަރު އުތުރުފަޅުން ވަނީ ހިއްކަން ނިންމާފައެވެ. އަދި އެ ފަޅުން "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" މަޝްރޫޢަށް ބޭނުންވާ 30 ހެކްޓަރުގެ ބިން ހިއްކައި، "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" ތަރައްޤީކުރުމަށްވެސް ނިންމާފައިވެއެވެ.

ހޯޕް އައިލެންޑް ހެދުމުން ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދެވޭނެކަމަށެވެ. އަދި އެތަން ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ހަތް ސަތޭކަ އެއްހާ މީހުންގެ ޖާގައަށް ހާއްސަކޮށްގެން ކަމަށާއި އެތަނުގައި މުދައްރިސުންނާއި ފުލުހުންގެ އިތުރަށް ކުޅިވަރުތައް ކުޅޭއިރު ބޭނުންވާ އިންސްޓްރަކްޓަރުންނަށް ބޭނުންވާނެ ވަޞީލަތްތަކާއި އެކުގައި ކަމަށެވެ.

މީގެ އިތުރުން އެރަށް ތަރައްގީ ކުރާއިރު ކުދިންނަށް ކިޔަވައިދޭނެ ސްކޫލާއި ސިއްޙީ ޚިދުމަތް ދޭނެ ތަންތަން ވެސް ހިމަނާނެ ކަމަށް ވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހޯޕް އައިލެންޑަށް މިއަހަރު ގައިދީން ގެންދަން ފަށަނީޚަބަރު | 4 ގަޑިއިރު ކުރިންހޯޕް އައިލެންޑަށް ކުދިން ގެންދިޔުމަށް، ޤާނޫނުތަކަށް ގެންނަން ބޭނުންވާ ބަދަލުތައް އެބަ ގެނެވޭ: ޙަސަންޚަބަރު | 7 މަސް ކުރިންހޯޕް އައިލެންޑް ގިރާވަރު ފަޅަށް ބަދަލު ކުރަނީ ޚަބަރު | 10 މަސް ކުރިން