logo
Bank of Maldives

Bank of Maldives

ޚަބަރު

ހޯޕް އައިލެންޑަށް ކުދިން ގެންދިޔުމަށް، ޤާނޫނުތަކަށް ގެންނަން ބޭނުންވާ ބަދަލުތައް އެބަ ގެނެވޭ: ޙަސަން

ހޯޕް އައިލެންޑަށް ކުދިން ގެންދިޔުމަށް، ޤާނޫނުތަކަށް ގެންނަން ބޭނުންވާ ބަދަލުތައް އެބަ ގެނެވޭ: ޙަސަން

ހޯޕް އަލެންޑްއަށް ގެންދާ ކުދިން ގެންދިޔުމަށް، ޤާނޫނުތަކަށް ގެންނަން ބޭނުންވާ ބަދަލުތައް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވަރަށް އަވަހަށް ގެނެވޭނެ ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް އެންްޑް ޓެކްނޮލޮޖީގެ ނައިބު އަލް އުސްތާޒް ހަސަން އަލީ ވިދާޅުވެއްޖެއެވެ.

"މެންދުރު ޓީވީ"ގެ މައުޟޫ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޙަސަން ވިދާޅުވީ ކުށުގެ ވެށީގައި ޝާމިލްވެ އުޅޭ ކުދިން، އުތުރު ތިލަފަޅުގައި ޤާއިމްކުރާ ހޯޕް އައިލެންޑްއަށް ގެންދިޔުމަށް ތިން ގޮތެއް ސަރުކާރުން ވިސްނާފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ޤާނޫނަށް ގެނެވޭ ބަދަލުތަކުން، ކުށެއް ކުރިކަން ސާބިތުވެގެން ކޯޓުން ކުއްޖާގެ މައްޗައް ހުކުމެއް އޮތުމުން، އެކުށުގެ ވެށީގައި ދެމި ތިބޭ ކުދިން އިސްލާހުކުރުމަށް ދައުލަތުން ބޭނުންވާ ހާލަތުގައި ކޯޓު ހުކުމެއް ނެއްކަމުގައި ވިޔަސް ބެލެނިވެރިން އެއްބާރުލުން ދީގެން ދައުލަތާ ކުދިން ހަވާލުކޮށްގެން އިސްލާހުކުރެވޭނެ ކަމަށް ޙަސަން ވިދާޅުވިއެވެ. އަދި ކުށުގެ ވެށީގައި އަބަދުމެ ދެމި ތިބޭ ކުދިން ދޫކޮށްލަން ބެލެނިވެރިން ބޭނުން ނުވާ ހާލަތެއްގައި ކޯޓު އަމުރުތަކާ އެކީ އެ ކުދިން ނެގޭނެ ކަމަށް ވެސް ޙަސަން ވިދާޅުވިއެވެ.

ފުރަތަމައާއި ތިންވަނައާއި ތަފާތަކީ ކޯޓުން ޖިނާއީ ކުށެއްގެ ދައުވާކުރެވި ކުށް ސާބިތުކުރެވިގެން އިސްލާހުކުރަންގެހޭ ކަމަށް ފާހަގަވާކުދިން. މި ތިން ކެޓަގަރީއަށް ފޯލްވާ ކުދިން އަދި ގާނޫނީ އިޖްރާއްތަކުގައި ހިމަނާފަ ޖާނޫނަށް ގެނައި ބަދަލުގެ ތެރޭގައިގެންނަނީ، - މިނިސްޓްރީ އޮފް ހޯމްލޭންޑް އެންްޑް ޓެކްނޮލޮޖީގެ ނައިބު އަލް އުސްތާޒް ހަސަން އަލީ

ޙަސަން ވިދާޅުވި ގޮތުގައި، ކުށް ކުރާ އަދި ކުށުގައި ދެމިތިބޭ ކުދިން ނުވަތަ ކުށައް ހުށަހެޅިފައިވާ މީހުންނަކީ ކޮބައިތޯ އެ ފަރާތުގެ ތަފާސް ހިސާބުން ދައްކާކަމަށެވެ.

އަދި ހޯޕް އައިލެންޑްގައި ތިބޭ ކުދިންނާ އެކުދީންގެ ބެލެނެވެރީންނާ ބައްދަލުކުރެވޭނެ ކަމަށާއި، ހޯޕް އައިލެންޑުގައި ރާއްޖޭގައި ކިޔަވާދޭ ހުރިހާ މަންހަޖެއްގެ ދަށުން އުނގަންނައިދޭ ކުލާސްތަކާއެކު، ވޮކޭޝަނަލް ތަމްރީނުދޭ ކުލާސްތަކެއް ވެސް ކުރިޔަށް ގެންދާނެ ކަމަށް ޙަސަން ވިދާޅުވިއެވެ. އަދި އެކުދިން އަލުން އަނބުރައި މުޖްތަމައުއަށް ނެރެ، ރާއްޖޭގައި ވަޒީފާ ހުރި ދާއިރާތަކުން ވަޒީފާތައް ފޯރުކޮށްދިނުމަށް ވެސް ހޯޕް އައިލެންޑުން އެހީތެރިވާނެ ކަމަށް ވެސް ޙަސަން ވިދާޅުވިއެވެ.

ޙަސަން ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތްކުރަނީ ހޯޕް އައިލެންޑްގެ މައިގަނޑު މަސައްކަތްތައް 2027 ވަނަ އަހަރުގެ ފަހުކޮޅަށް ނިންމާލުމަށެވެ.

"ހޯޕް އައިލެންޑް" އަކީ ގޭންގު ކުށްތަކުގައި ޖެހޭ ސުކޫލް ކުދިންނާއި ކުށުގެ މާހައުލުގައި އުޅޭ ޒުވާން ކުދިން ބޭތިއްބުމަށް ތަރައްގީ ކުރާ ރަށެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހޯޕް އައިލެންޑަށް މިއަހަރު ގައިދީން ގެންދަން ފަށަނީޚަބަރު | 4 ގަޑިއިރު ކުރިންހޯޕް އައިލެންޑަށް ކުދިން ގެންދިޔުމަށް، ޤާނޫނުތަކަށް ގެންނަން ބޭނުންވާ ބަދަލުތައް އެބަ ގެނެވޭ: ޙަސަންޚަބަރު | 7 މަސް ކުރިންހޯޕް އައިލެންޑް ގިރާވަރު ފަޅަށް ބަދަލު ކުރަނީ ޚަބަރު | 10 މަސް ކުރިން