logoEN
ކުޅިވަރު

ލާ ލީގާއިން ބާސެލޯނާގެ ޑެނީ އޯލްމޯ އަދި ޕައު ވިކްޓަރ ސޮއިކުރުން ބާތިލްކުރަނީ - ރިޕޯރޓްސް

ޑެނީ އޮލްމޯ އާއި ޕައު ވިކްޓޯ

ޑެނީ އޮލްމޯ އާއި ޕައު ވިކްޓޯ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

02 އޭޕްރީލު 2025 - 12:16

ބާސެލޯނާއަށް ޑެނީ އޮލްމޯ އަދި ޕައު ވިކްޓަރ ރަޖިސްޓްރީ ކުރުމަށް މާލީ ގޮތުން ޤާބިލުކަން ނެތްކަމަށް ލަ ލީގާއިން ބުދަ ދުވަހު ބުނެފިއެވެ. މިހެން ލަލީގާއިން ބުނެފައިމިވަނީ މި ދެ ކުޅުންތެރިންގެ ކުޅުމުގެ ޝަރުތު ހަމަވޭތޯ ސްޕެއިންގެ ސްޕޯޓްސް ކައުންސިލް (ސީއެސްޑީ) އިން ނިންމުމެއް ނިންމަން ކައިރިވެފައިވާ ދަނޑިވަޅެއްގައެވެ. ލަލީގާގެ މިނިންމުމާއި ގުޅިގެން ޕައު ވިކްޓޯ އަދި ޑެނީ އޮލްމޯ ބާސެލޯނާގެ ޖޯޒީގައި ދެން ފެނިދާނެކަމާމެދު މިހާރު ސުވާލުއުފެދެއެވެ.

ޖެނުއަރީ މަހު ބާސެލޯނާއިން އިއުލާނު ކުރި ގޮތުގައި މާލީ ކަންކަމުން އަރައިގަތުމަށް ކެމްޕް ނޫގައި ވީއައިޕީ ބޮކްސްތައް ވިއްކުމުގެ ޑީލެއް ހަދާފައިވެއެވެ. މި ޑީލްގެ އަގަކީ 100 މިލިއަން ޔޫރޯ (108 މިލިއަން ޑޮލަރު) ކަމަށް ރިޕޯޓުތަކުގައި ބުނެއެވެ. މި ޑީލްގެ ސަބަބުން އައު ކުޅުންތެރިން ރަޖިސްޓްރީ ކުރުމަށް ފައިނޭންޝަލް ފެއަރ ޕްލޭގެ ދަށުން ޖާގަ ލިބޭނެ ކަމަށް އޭރު ކްލަބުން ބުނެފައިވެއެވެ. މިޑީލް މިސީޒަނުގެ އާމްދަނީގެ ގޮތުގައި ރެކޯޑް ކުރެވިފައިވާނަމަވެސް މިސީޒަނުގެ މާލީ ހިސާބު ނިންމަން ޖެހޭ ތާރީޚަށް ވީއައިޕީ ބޮކްސްތައް ނުނިމޭނެކަން މިހާރު ވަނީ ޔަޤީންވެފައެވެ. އެހެންކަމުން މިމުއާމަލާތުގައި ލިބުނު އާމްދަނީ މިސީޒަނުގެ އާމްދަނީގެ ތެރޭގައި ބާސެލޯނާއަކަށް ނުހިމެނޭނެއެވެ.ބާސެލޯނާއަށް އޮލްމޯ ގަތުމުގެ މުޢާމަލާތް ކުރިޔަށް ގެންދެވުނީ އޭރު އެގޮތަށް ހިސާބު ބަދަލުކޮށްގެންނެވެ. އެހެންނަމަވެސް ލަލީގާއިން ޤަބޫލުކުރަނީ ބާސެލޯނާއިން އޭރުގައި އޮލްމޯގެ މުޢާމަލާތް ކުރިޔަށް ގެންގޮސްފައިވަނީ ގޯސްކޮށް ކަމަށެވެ. މީގެ އިތުރުން މިދިޔަ މަހުގައި ލަލީގާގެ މުސާރައިގެ ކޮންމެ ކުލަބެއްގެ ލިމިޓު ހާމަކޮށްފައިވާއިރު، ބާސެލޯނާގެ މުސާރައިގެ ލިމިޓު އިތުރުވެފައިވާކަމަށް އޭރު ހާމަކުރިނަމަވެސް، މިނިންމުމާއި ގުޅިގެން ބާސެލޯނާގެ މުސާރައިގެ ލިމިޓް ކުޑަވެގެންދާނެއެވެ. އަދި ބާސެލޯނާއިން ދާދިފަހުން އެކުލަބުން 1:1 ފެއާރ ޕްލޭ ސްޓޭޓަސް ލިބުނުކަމަށް ބަޔާންކުރިނަމަވެސް މިހާރު އެ ސްޓޭޓަސް ގެއްލުމުގެ ބިރުވަނީ ހީވެފައެވެ.

ލަ ލީގާއިން ބުނި ގޮތުގައި ބާސެލޯނާއިން ޑިސެމްބަރު 31 އާއި ޖެނުއަރީ 3 އާ ދެމެދު ނަން ހާމަނުކުރާ އޮޑިޓަރެއް މެދުވެރިކޮށް މި ޑީލް ކްލަބުގެ ފޮތްތަކުގައި ރެކޯޑު ކުރިއެވެ. ނަމަވެސް މިހާރުގެ އޮޑިޓަރު 2024-25 ސީޒަންގެ ފުރަތަމަ ބައިގެ މާލީ ބަޔާންތަކުގައި މި ޑީލް ހިމަނާފައެއް ނުވެއެވެ.

Barcelona ge 1:1 financial fair play gelleneeFacebookViberTelegramXWhatsApp

"ކްލަބާއި އޮޑިޓަރު އެ މުއާމަލާތުގެ ވަގުތު ސެޓިފައި ކޮށްފައިވާ ގޮތާ ޚިލާފަށް، (ވީއައިޕީ ބޮކްސް ޑީލްގެ) އެއްވެސް އަދަދެއް ފައިދާ އާއި ގެއްލުމުގެ ހިސާބުތަކުގައި ރެކޯޑު ކުރެވިފައެއް ނުވޭ،" ލަ ލީގާގެ ބަޔާނުގައި ބުނެފައިވެއެވެ.

ލަ ލީގާއިން ބުނި ގޮތުގައި ބާސެލޯނާއިން ޑިސެމްބަރު 31، 2024 ގައި ނުވަތަ ޖެނުއަރީ 3، 2025 ގައި އަދި އޭގެ ފަހުން ވެސް، އަދި މިހާރުވެސް ޑެނީ އޮލްމޯ އަދި ޕައު ވިކްޓަރ ރަޖިސްޓްރީ ކުރުމަށް ފައިނޭންޝަލް ފެއަރ ޕްލޭގެ ދަށުން ޤާބިލުކަމެއް ނެތެވެ. މި މައްސަލައާ ގުޅޭ ގޮތުން އޭއެފްޕީން އެދުމުން ބާސެލޯނާއިން އެއްވެސް ކޮމެންޓެއް ދީފައެއް ނުވެއެވެ.

ޖެނުއަރީ 8 ގައި ސީއެސްޑީން ބާސެލޯނާއަށް ވަގުތީ ހުއްދައެއް ދީފައިވަނީ އޮލްމޯ އަދި ވިކްޓަރ ބޭނުން ކުރުމަށެވެ. މި ހުއްދަ ދިނީ ޑިސެމްބަރު މަހުގެ ނިޔަލަށް އެ ދެ ކުޅުންތެރިންނަށް ދީފައިވާ ވަގުތީ ލައިސަންސް މުއްދަތު ހަމަވުމުން، އަލުން ރަޖިސްޓްރީ ކުރުމަށް ލަ ލީގާ އާއި ސްޕެނިޝް ފުޓްބޯޅަ އެސޯސިއޭޝަން (އާރްއެފްއީއެފް) އިން ހުއްދަ ނުދިނުމާ ގުޅިގެންނެވެ. މި މައްސަލައިގައި ސީއެސްޑީގެ ފަހުގެ ނިންމުން އޭޕްރީލް 7 ގެ ކުރިން އަންނާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

871x217_placeholder