logo
Bank of Maldives

Bank of Maldives

ޚަބަރު

އިންޑިއާ އިން ރާއްޖެއަށް ކާޑާއި އަސާސީ އެހެން ބާވަތްތަކުގެ ކޯޓާ އިތުރުކޮށްދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
3 އޭޕްރީލު 2025 - 05:04
އިންޑިއާ އިން ރާއްޖެއަށް ކާޑާއި އަސާސީ އެހެން ބާވަތްތަކުގެ ކޯޓާ އިތުރުކޮށްދީފި

ރާއްޖެ އާއި އިންޑިއާއާ ދެމެދު ހަދާފައި އޮންނަ އެއްބަސްވުމުގެ ދަށުން ކާޑާއި އަސާސީ އެހެން ބާވަތްތަކުގެ ކޯޓާ ރާއްޖެއަށް އިތުރުކޮށްދީފިއެވެ.

މިއީ 1981 ވަނަ އަހަރު މި އެއްބަސްވުން ހެދި ފަހުން މިހާތަނަށް ހުއްދަ ދޭ ނުވަތަ ކޯޓާ އިތުރުކޮށްދޭ އެންމެ ބޮޑު އަދަދު ކަމަށް އިންޑިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންޑިއާ ހައި ކޮމިޝަނުން ހާމަކުރި ގޮތުގައި، ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ އެންމެ ބާރަށް ކުރިއަރަމުން އަންނަ ދާއިރާ ކަމަށްވާތީ، ވެއްޔާއި ގާ ފަދަ ތަކެތީގެ ކޯޓާ 30 ޕަސެންޓް އިތުރުކޮށްދީފައިވެއެވެ. މި އިތުރުކުރުމާއެކު، ރާއްޖެއަށް މިހާރު މި ސާމާނުގެ 1.3 މިލިއަން މެޓްރިކް ޓަނު ގެނެވޭނެއެވެ.

މީގެ އިތުރުން، ފިޔާ، އަލުވި، ބިސް އަދި ހަކުރާއި ފުށް ފަދަ އަސާސީ ކާބޯތަކެތީގެ ކޯޓާ ފަސް ޕަސެންޓަށް އިތުރުކޮށްދީފައިވާކަން ހައި ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ. ޚާއްޞަ ގޮތެއްގައި، މުގު އެތެރެކުރެވޭ މިންވަރު 56 ޕަސެންޓަށް އިތުރުކޮށްފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެކްސަސައިޒް "ދޯސްތީ 17" ފަށައިފިޚަބަރު | 2 މަސް ކުރިންތަމްރީނަކަށް އައި އިންޑިއާގެ އަސްކަރީ މަނަވަރެއް ރާއްޖޭގެ ފަރަކަށް އަރައިފިޚަބަރު | 2 މަސް ކުރިންފަވަރަ އާއި އިންޑިއާގެ ޔޫޕީއައި ގުޅާލަން އެއްބަސްވުމެއްގައި ސޮއިކޮށްފި ޚަބަރު | 8 މަސް ކުރިންރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އިތުރު އެހީ އިންޑިއާއިން ލިބޭނެ- ފޮރިން ސެކްރެޓަރީޚަބަރު | 8 މަސް ކުރިން