logo
MPL

MPL

ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ އަނިޔާކުރި މީހަކު، ޝަރީޢަތް ނިމެންދެން ބަންދަަށް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
14 ސެޕްޓެމްބަރު 2024 - 12:17
ދިވެހި ފުލުހުންގެ ޚިދުމަތް --- ފޮޓޯ/ އަވަސް
ދިވެހި ފުލުހުންގެ ޚިދުމަތް --- ފޮޓޯ/ އަވަސް

ދެކުނުގެ ރަށެއްގައި ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާ ކުރި ފިރިހެނަކު، ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ، މީގެ ހަތަރު މަސް ކުރިން އެ އިދާރާއަށް ހުށަހެޅި ރިޕޯޓަކާ ގުޅިގެން، މިދިޔަ ބުދަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 57 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ބުނީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރުމުން، ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ރައްދުވާ ފަރާތުގެ އިތުރު ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެ މައްސަލައިގެ ބާވަތުން، ގާނޫނުން ބުނާ ގޮތަށް އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދަނީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ގޮތުގައެވެ. އެހެންކަމުން އެ ޙާދިސާ ހިނގި ރަށް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެންބޮޑުވި ރަށްރަށަށް އެހީވުމަށް ފުލުހުން ނުކުމެއްޖެޚަބަރު | ގަޑިއިރެއް ކުރިންސްކޭމްތަކުގައި ގެއްލުނު 3.1 މިލިއަން ރުފިޔާ ހޯދައިދީ، 17 މީހަކު ހައްޔަރުކޮށްފިޚަބަރު | 20 ގަޑިއިރު ކުރިންއިމާރާތްތަކުގައި ހުޅުޖަހައި ލޫޓުވަން ގޮވާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިންފުވައްމުލައް ކައިރިން މުދާ އުފުލާ ދޯންޏެއް ދިޔަވަމުންދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފިޚަބަރު | 2 ދުވަސް ކުރިން