ވެލާނާ އެއާޕޯޓުން ފުރަންދިޔަ ބިދޭސީއެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ

ވެލާނާ ބައިނަލްއަގުވާމީ އެއާޕޯޓު -- ފޮޓޯ/މިހާރު
.jpg&w=3840&q=75)
05 އޭޕްރީލު 2025 - 08:02
ވެލާނާ ބައިނަލްއަގުވާމީ އެއާޕޯޓުން ބޭރަށް ފުރަން ދިޔަ ބިދޭސީއެއްގެ އަތުން ވަޒަންތަކެއް ފެނުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ، އެފަދަ ޙާދިސާއެއް ރޭ ހިނގާފައިވާ ކަމަށާއި، އެ މައްސަލަ އެ އިދާރާއިން ތަޙުޤީގުކުރަމުންދާ ކަމަށެވެ.
އެ މައްސަލައިގައި އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ޙާޒިރުކުރިއިރު، ކޯޓުން ވަނީ އޭނާ ހަ ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
އެނގިފައިވާ ގޮތުގައި ރޭ އެ ޙާދިސާ ހިނގުމާއެކު، އެ ސަރަޙައްދުގައި އެމްއެންޑީއެފްގެ ސިފައިން ހަރަކާތްތެރިވެފައިވެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ގިނަ އިރުތަކެއް ވަންދެން ސިފައިން ސުވާލުތަކެއް ކުރުމަށްފަހުއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޓޫރިސްޓު ވިސާގައި ރާއްޖެ އައި ފަތުރުވެރިއެއް ކަމުގަައި ފުލުހުން ވަނީ ބުނެފައެވެ.
އިތުރު ލިޔުންތައް

ބުޅާ މެރި ކަމަށް ތުހުމަތު ކުރެވޭ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
8 މަސް ކުރިން.jpg&w=3840&q=75)
ރިއޮލަޮ އޮފީހުން ވައްކަންކުރި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި
8 މަސް ކުރިން
މާލީ ބަގާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލަ ތަހުގީގުކުރަނީ
8 މަސް ކުރިން