ޢީދު ބައިބަލާ ޗެލެންޖު 1446ގެ ސެމީ ފައިނަލަށް ދިއަ ޓީމުތަކަށް ނައިބު ރައީސްގެ މަރުޙަބާ
6 އޭޕްރީލު 2025 - 10:43

ޢީދު ބައިބަލާ ޗެލެންޖު 1446ގެ ސެމީ ފައިނަލަށް ދިއަ ޓީމުތަކަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް މަރުޙަބާ ވިދާޅުވެއްޖެއެވެ.
ނަިއބު ރައީސްގެ ރަސްމީ 'އެކްސް' އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ، މި އަހަރުގެ ފިތުރު ޢީދުގެ ބައިބަލާ ޗެލެންޖުގައި ބައިވެރިވި އެންމެހައި ޓީމުތަކަށާއި، އަދި ވަކިން ޚާައްޞަކޮށް ސެމީ ފައިނަލަށް ދަތުރުކުރި ޓީމުތަކަށް ހޫނު މަރުޙަބާ ވިދާޅުވެފައެވެ.
.png&w=750&q=75)
Ad by Hajj Corporation
އެމަނިކުފާނު ވިދާޅުވީ، މިފަދަ މުބާރާތްތަކަކީ އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއް ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަމާޒާ އެއްގޮތަށް ޒުވާނުންގެ ހުނަރާއި ޤާބިލުކަން އިތުރުކޮށް، ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމަށް ކުރެވެމުންދާ މަސައްކަތަށް އިތުރުވެގެންދިޔަ ބޮޅެއް ކަން ޔަޤީން ކަމަށެވެ.
މިއާއެކު އެމަނިކުފާނު ވަނީ މިރޭގެ މެޗުތަކުގައި ބައްދަލުކުރާ ޓީމުތަކަށް ކާމިޔާބަށް އެދެފައެވެ.
ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޢީދު ބައިބަލާ ޗެލެންޖް 1446 ގެ ސެމީ ފައިނަލަށް މިފަހަރު ދަތުރުކޮށްފައި ވަނީ ޓީއެފްޓީ އާއި، ލޮރެންޒޯ ސްޕޯޓްސް ކުލަބާއި، މިދިޔަ އަހަރުގެ ރަނަރަޕް ކުލަބު ކާސިންޖީ އަދި ޒެޕޯ އެވެ.

-01.jpg&w=3840&q=75)
