ރާއްޖޭގެ ބައިބަލާ މުބާރާތް މިފަހަރު މެލޭޝިއާގައި: ޝަރަފުވެރިކޮށްދެއްވަނީ ޕާލިސްގެ ކްރައުން ޕްރިންސް
14 އޮކްޓޯބަރު 2026 - 06:32

ދިވެހިރާއްޖޭގެ ސަގާފީ ކުޅިވަރު ބައިބަލާ ބައިނަލްއަގުވާމީ މައިދާނަށް ތައާރަފުކުރުމުގެ ގޮތުން ބާއްވާ ފުރަތަމަ "މެލޭޝިއާ ބައިބަލާ ޗެލެންޖް 2026" މި މަހުގެ 17 އަދި 18 ވަނަ ދުވަހު މެލޭޝިއާގެ ސެލަންގޯރުގެ ޝާހް އާލަމްގައި ބޭއްވުމަށް ތައްޔާރުވެއްޖެެއެވެ.
މެންދުރު ޓީވީ އަށް މައުލޫމާތުދެއްވަމުން މަޑި ޖަމުއިއްޔާގެ ނައިބު ރައީސް މުޙައްމަދު ޒީދާން ޒައީމް ވިދާޅުވިގޮތުގައި މި މުބާރާތް ޝަރަފްވެރިކޮށްދެއްވާނީ ޕާލިސްގެ ކްރައުން ޕްރިންސް، ހިޒް ރޯޔަލް ހައިނަސް ޓޫއަންކު ސައިދު ފައިޒުއްދީން ޕޫތުރާ އިބްނީ ޓޫއަންކު ސައިދު ސިރާޖުއްދީން ޖަމާލުއްލައިލް އެވެ. މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ދިވެހި ސަގާފީ ކުޅިވަރު ދިރުވައި އާލާކުރުމާއި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ޒުވާން ދިވެހިންނަށް ބައިބަލާ ތައާރަފުކޮށްދިނުމެވެ. މީގެ އިތުރުން، މެލޭޝިއާގައި ދިރިއުޅޭ ދިވެހި އެތުލީޓުންނަށް ވާދަވެރި މައިދާނެއް ހޯދައިދީ، ދިވެހި ކުޅިވަރުގެ ސަގާފަތް ބައިނަލްއަގުވާމީ ފެންވަރުގައި އިޝްތިހާރު ކުރުމަކީ ވެސް މި މުބާރާތުގެ މަގުސަދެއް ކަމަށް ޒީދާން ވިދާޅުވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
މި މުބާރާތް ކުރިއަށްދާނީ ޝާހް އާލަމްގެ ދީވާން ބެސާރު ތަންޖުންގް އެމް.ބީ.އެސް.އޭ ގައެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތުގައި 6 އާއި 8 އާ ދެމެދުގެ އަދަދަކަށް ޓީމުތައް ވާދަކުރާނެއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50,000 ދިވެހި ރުފިޔާގެ އިނާމެއް ހުށަހަޅާފައިވާއިރު، މުބާރާތުގެ މެޗުތައް ރާއްޖޭގެ ބެލުންތެރިންނަށް ވަގުތުން ބާލާލެވޭނެއެވެ.
މި ހަރަކާތަކީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޑިވެލޮޕްމަންޓް އިނީޝިއޭޓިވްސް (މަޑީ) އާއި ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން އިންތިޒާމުކުރާ މުބާރާތެކެވެ. މުބާރާތުގެ ރެފްރީކަން ކުރާނީ ބައިބަލާ އެސޯސިއޭޝަންގެ ގައުމީ ފެންވަރުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި މުބާރާތް ކަވަރުކުރުމުގެ މަސައްކަތް ކުރާނީ ސިޑިބަރި އިންނެވެ.
.png&w=3840&q=75)

-01.jpg&w=3840&q=75)
