logo
MPL

MPL

ކުޅިވަރު

ޓީއެފްޓީ، ލޮރެންޒޯ، ކާސިންޖީ އަދި ޒެޕޯ ބައިބަލާ ޗެލެންޖްގެ ސެމީއަށް

އަބްދުﷲ ޣާނިމް
5 އޭޕްރީލު 2025 - 06:09
ކާސީންޖީ އާއި ބީޖީ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ބައިބަލާ އެސޯސިއޭޝަން
ކާސީންޖީ އާއި ބީޖީ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ބައިބަލާ އެސޯސިއޭޝަން

ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޢީދު ބައިބަލާ ޗެލެންޖް 1446 ގެ ސެމީ ފައިނަލަށް ޓީއެފްޓީ އާއި، ލޮރެންޒޯ ސްޕޯޓްސް ކުލަބާއި، މިދިޔަ އަހަރުގެ ރަނަރަޕް ކުލަބު ކާސިންޖީ އަދި ޒެޕޯ ދަތުރުކޮށްފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި ކުރިއަށްދާ މި މުބާރާތުގައި 29 ޓީމެއް ބައިވެރިވެފައިވާއިރު، ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުތަކުގައި ޓީއެފްޓީން ވަނީ ޓީސީ ސްޕޯޓްސް ކުލަބު ސީދާ ދެ ގޭމުން ބަލިކޮށް ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި މެޗުގެ ގޭމުތައް ޓީއެފްޓީން ކާމިޔާބުކުރީ 9-8 އަދި 19-0 އިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލޮރެންޒޯއިން ސެމީގެ ޖާގައެއް ހޯދީ އެލްޓީ ސްޕޯޓްސް ކުލަބު އަތުން މޮޅުވެގެންނެވެ. ފުރަތަމަ ގޭމް 20-1 އިން ކާމިޔާބުކުރި ލޮރެންޒޯއިން ދެވަނަ ގޭމް 6-6 އިން އެއްވަރުކުރުމާއެކު ސެމީގެ ޖާގައެއް ކަށަވަރުކުރިއެވެ.

މިދިޔަ އަހަރުގެ ރަނަރަޕް ކާސިންޖީ އާއި ބައިބަލާގެ 10 ގުނަ ޗެމްޕިއަން ބީޖީ ސްޕޯޓްސް ކުލަބާ ދެމެދު ކުޅުނު މެޗުގައި ކާސިންޖީ ވަނީ ގަދަހިފުމަކުން މޮޅުވެފައެވެ. ފުރަތަމަ ގޭމް 7-6 އިން ކާސިންޖީން ކާމިޔާބުކުރި ނަމަވެސް، ދެވަނަ ގޭމް 6-5 އިން ބީޖީން ކާމިޔާބުކުރުމާއެކު މެޗު ގަދަހިފުމަކަށް ގޮސް، ކާސިންޖީން ވަނީ ދެވަނަ އަދި ތިންވަނަ ހިފުން ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ ސެމީގެ ފަހު ޖާގަ ޒެޕޯއިން ހޯދީ ކުޑަ ހެންވޭރު ލަޔަންސް 6-5 އަދި 12-10 އިން ބަލިކޮށްގެންނެވެ. މާދަމާ ރޭ ކުޅޭ ސެމީ ފައިނަލްގައި ލޮރެންޒޯ ނުކުންނާނީ ޒެޕޯއާ ދެކޮޅަށް އަދި ކާސިންޖީ ކުޅޭނީ ޓީއެފްޓީއާ ދެކޮޅަށެވެ. ފާހަގަކޮށްލެވޭ ކަމަކީ މި ހަތަރު ޓީމަކީވެސް މީގެ ކުރިން ބައިބަލާގެ ޗެމްޕިއަންކަން ލިބިފައިނުވާ ޓީމުތަކަކަށްވުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ބައިބަލާ މުބާރާތް މިފަހަރު މެލޭޝިއާގައި: ޝަރަފުވެރިކޮށްދެއްވަނީ ޕާލިސްގެ ކްރައުން ޕްރިންސްޚަބަރު | 3 ގަޑިއިރު ކުރިންޓީއެފްޓީ ބައިބަލާގެ ރަސްކަމަށްކުޅިވަރު | 2 އަހަރު ކުރިންޢީދު ބައިބަލާ ޗެލެންޖު 1446ގެ ސެމީ ފައިނަލަށް ދިއަ ޓީމުތަކަށް ނައިބު ރައީސްގެ މަރުޙަބާޚަބަރު | 2 އަހަރު ކުރިންޓީއެފްޓީ، ލޮރެންޒޯ، ކާސިންޖީ އަދި ޒެޕޯ ބައިބަލާ ޗެލެންޖްގެ ސެމީއަށްކުޅިވަރު | 2 އަހަރު ކުރިން