logo
MPL

MPL

ކުޅިވަރު

ޓީއެފްޓީ ބައިބަލާގެ ރަސްކަމަށް

އަބްދުﷲ ޣާނިމް
7 އޭޕްރީލު 2025 - 04:37
ބައިބަލާ އެސޯސިއޭޝަން
ބައިބަލާ އެސޯސިއޭޝަން

ފިތުރު ޢީދު ބައިބަލާ ޗެލެންޖު 1446 ގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ދަ ފުޓްސެލް ޓައުން (ޓީއެފްޓީ) އިން ކާމިޔާބުކޮށްފިއެވެ. ފައިނަލްގައި ލޮރެންޒޯ ސްޕޯޓްސް އާ ކުރިމަތިލި ޓީއެފްޓީން ވަނީ ދެ ގޭމުގެ ނަތީޖާއިން ކުރިހޯދައި މުބާރާތުގެ ތަށި އަތުލާފައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

މިފަހަރުގެ ބައިބަލާ މުބާރާތަކީ ރާއްޖޭގެ ތާރީޚުގައި އެންމެ ފުރިހަމަކޮށް ބޭއްވުނު ބައިބަލާ ޗެލެންޖުގެ ފައިނަލް މެޗެވެ. ފމިމެޗުގެ ފުރަތަމަ ބައިގައި ޓީއެފްޓީން ވަނީ ލޮރެންޒޯ ސްޕޯޓްސްގެ މައްޗަށް 9-3 ގެ ބޮޑު ނަތީޖާއަކުން ކުރިހޯދާފައެވެ. މެޗުގެ ދެވަނަ ބައިގައި ދެޓީމުން ވަނީ ފޯރިގަދަ ކުޅުމެއް ދައްކާފައެވެ. މި މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ޓީއެފްޓީން ވަނީ 7-7 އަށް މެޗު އެއްވަރުކޮށް، ބައިބަލާގެ ތަށި ހޯދުމުގެ ހުވަފެން ހަގީގަތަކަށް ހަދާފައެވެ.

 

މި އަހަރުގެ މުބާރާތުގެ "މިސްޓަރ ބައިބަލާ" ގެ މަގާމަށް ހޮވިފައިވަނީ ލޮރެންޒޯ ސްޕޯޓްސްގެ ކުޅުންތެރިޔާ އަބްދުﷲ ނިޝާން (އަބޯ) އެވެ. މިއީ އޭނާ މި މަގާމު ހޯދި ތިންވަނަ ފަހަރެވެ. މުބާރާތުގައި އޭނާ ވަނީ ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކާފައެވެ.

 

489737355_122119525652736064_59062012808963640_n.jpg

މިސްޓަރ ބައިބަލާ އަބޯ. ފޮޓޯ: ބައިބަލާ އެސޯސިއޭޝަން

 

ކޮންމެ އަހަރަކުވެސް ފިތުރު ޢީދާ ދިމާކޮށް ބައިބަލާ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތަކީ ރާއްޖޭގެ ކުލަބުތަކުން ބޮޑެތި ޚަރަދުތަކެއް ކޮށްގެން ތައްޔާރުވާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ރެކޯޑު އަދަދެއްގެ ގޮތުގައި 29 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ބައިބަލާ މުބާރާތް މިފަހަރު މެލޭޝިއާގައި: ޝަރަފުވެރިކޮށްދެއްވަނީ ޕާލިސްގެ ކްރައުން ޕްރިންސްޚަބަރު | 3 ގަޑިއިރު ކުރިންޓީއެފްޓީ ބައިބަލާގެ ރަސްކަމަށްކުޅިވަރު | 2 އަހަރު ކުރިންޢީދު ބައިބަލާ ޗެލެންޖު 1446ގެ ސެމީ ފައިނަލަށް ދިއަ ޓީމުތަކަށް ނައިބު ރައީސްގެ މަރުޙަބާޚަބަރު | 2 އަހަރު ކުރިންޓީއެފްޓީ، ލޮރެންޒޯ، ކާސިންޖީ އަދި ޒެޕޯ ބައިބަލާ ޗެލެންޖްގެ ސެމީއަށްކުޅިވަރު | 2 އަހަރު ކުރިން