logoEN
ޚަބަރު

ވިނަރެސް ކައިރީގައި ހިނގި އެކްސިޑެންޓްގައި، ކާރުގައި ތިބި މީހުންނަށް ދައުވާ ކުރަނީ

ހުޅުމާލެ ވިނަރެސް ކައިރީގައި ހިނގި އެކްސިޑެންޓުގެ ސަބަބުން ހައްޔަރުކުރި ތިން މީހުން -- ފޮޓޯ/ ފުލުހުން

ހުޅުމާލެ ވިނަރެސް ކައިރީގައި ހިނގި އެކްސިޑެންޓުގެ ސަބަބުން ހައްޔަރުކުރި ތިން މީހުން -- ފޮޓޯ/ ފުލުހުން

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

14 ސެޕްޓެމްބަރު 2024 - 16:46

ހުސްވި ޖުލައި މަހު، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓްތައް ހުންނަ ސަރަޙައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ތުހުމަތުވާ ތިން މީހުންނަށް ދައުވާކުރަން ދިވެހި ފުލުހުންގެ ޚިދުމަތުން، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް ފޮނުވައިފިއެވެ.

ޖުލައި މަހުގެ 31 ވަނަ ދުވަހު ވިނަރެސް ފްލެޓްތައް ކައިރީގައި، ރޭސިން ކާރެއް ކޮންޓްރޯލުން ނެއްޓި، ޕާކުކޮށްގެން އިން ސައިކަލެއްގައި ޖެހި، އެ ސައިކަލުގައި އިން މީހާ ދުރަށް ވިއްސައިގެން ގޮސްފައިވެއެވެ. އެ ހާދިސާ ހިނގުމާއެކު، އެ ކާރުގައި ތިބި ތިން މީހުން ވެސް އެ ސީން ދޫކޮށް ފިލިއިރު، އެ ތިން މީހުން ވެސް ވަނީ ޖެހިގެން އޮތް ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ ތިން މީހުންނަކީ:

  1. އިބްރާހިމް އިކުރާމް، މ. ލޭންޑްއޮފްގާޑަން/ ކ.މާލެ
  2. އިކްރާމުއްރަހުމާން، ހ. ނޫރަންމާގެއާގެ/ ކ.މާލެ
  3. ޖިނާހު އިސްމާއިލް، އާޒާދުގެ/ ގއ. ކަނޑުހުޅުދޫ

undefinedއެ ދުވަހު ހިނގި އެކްސިޑެންޓް، އެ އެކްސިޑެންޓުގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބި، މީހަކަށް އަނިޔާވެފައިވޭ --/ ޓްވިޓާ

އެ މައްސަލައިގައި ތުހުމަތުކުރެވޭ އިބްރާހިމް އިކުރާމް، ވަކީލެއްގެ ހައްގު ނުދީ ބަންދުކުރުމުން ހައި ކޯޓުން މީގެ ކުރިން ދޫކުރިއެވެ. އެހެން ނަމަވެސް، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އޭނާ އަލުން ހައްޔަރުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ ޙާދިސާގައި ކާރުގައި ތިބި ތިން މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީގެ އޮފީހަށް ފޮނުވުމުން، އެ މައްސަލަ ބަލައިގަތުމަށް އެ އޮފީހުން ނިންމާފައިވާ ކަމުގައެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި ފިރިހެން މީހާގެ ޙާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder