logoEN
ކުޅިވަރު

ކުރިޔަށް އޮތް ބެލަންޑިއޯ ކާމިޔާބުކުރާނީ ޔަމާލް - ރޮނާލްޑީނިއޯ

ޔަމާލް އަންނަނީ ބާސާގެ ޖޯޒީގައި މޮޅު ކުޅުމެއް ކުޅެމުން. ފޮތޯ: ބްލަގްރާނާ

ޔަމާލް އަންނަނީ ބާސާގެ ޖޯޒީގައި މޮޅު ކުޅުމެއް ކުޅެމުން. ފޮތޯ: ބްލަގްރާނާ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

08 އޭޕްރީލު 2025 - 04:33

ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ ލަމިން ޔަމާލް އަކީ އެންމެ އަވަހަށް ބެލޯން ޑީ އޯ ކާމިޔާބު ކުރާނެ ކުޅުންތެރިއެއް ކަމަށް ބްރެޒިލްއަދި ބާސެލޯނާގެ ލެޖެންޑު ރޮނަލްޑީނިއޯ ބުނެފިއެވެ.

ބާސެލޯނާގެ ޓީމުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކަމުންދާ ޔަމާލްގެ ހުނަރުވެރި ކުޅުމާއި އޭނާގެ ޤާބިލްކަމަށް ރޮނަލްޑިންހޯ ވަނީ ތަޢުރީފުކޮށްފައެވެ.

"އޭނާއަކީ ހަމަ ކުއްލިއަކަށް ފާހަގަވެގެން އައި ޓެލެންޓެއް. އަހަރެން އޭނާގެ ކުޅުން ވަރަށް ބަލާހިތްވޭ. އޭނާ އަކީ ހުނަރުވެރި ކުޅުންތެރިއެއް،" ރޮނަލްޑީނިއޯ ބުންޏެވެ.

ބާސެލޯނާ އާއި ޕެރިސް ސަންޓް ޖަރމަން (ޕީއެސްޖީ) އަށް ކުޅެފައިވާ ރޮނަލްޑިންހޯ އަކީ ފުޓްބޯޅަ ދުނިޔޭގައި އެންމެ ކާމިޔާބު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އަދި އޭނާގެ ފުޓްބޯޅައިގައި ފަހުގެ ތާރީޚު ދުއް އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާކަމުގައި ގިނަބަޔަކު ޤަބޫލުކުރެއެވެ.

"އޭނާ ވަގުތު ފާއިތުވަމުންދާއިރު އޭނާގެ ރަނގަޅު މަސައްކަތް ސާބިތުކޮށްދޭނެ. އޭނާއަކީ ބޮޑު ތަރިއަކަށް ވާނެ. ކުރިއަށް އޮތް ބެލޯން ޑީ އޯ ކަށަވަރުންވެސް އެންމެ ގާތީ ޔަމާލް" ރޮނަލްޑީނިއޯ އިތުރަށް ބުނެފައިވެއެވެ.

މިހާރު ބާސެލޯނާގެ ޓީމުގައި ކުޅެމުންދާ ޔަމާލް ވަނީ ޓީމަށް ވަރަށް މުހިންމު ދައުރެއް އަދާކުރަމުންނެވެ. އަދި ޓީމުން ވާދަކުރާ ހުރިހާ މުބާރާތެއްގައި ކާމިޔާބީ ހޯދުމަށް އެހީތެރިވަމުންނެވެ.

ޔަމާލް ވަނީ މިސީޒަނުގައި 42 މެޗުން 13 ގޯލާއި 19 އެސިސްޓު ހަދާފައެވެ.

ކޮމެންޓް

871x217_placeholder