logo
ކުޅިވަރު

ނަޕޮލީ ލީގު ނެގުމަށް ކުރަމުންގެންދާ ހުވަފެންތަކުގައި ހިޔަނި އެޅިއްޖެ

އަބްދުﷲ ޣާނިމް
8 އޭޕްރީލު 2025 - 04:52
ނަޕޮލީ އާއި ބޮލޮންޔާ ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: ނަޕޮލީ
ނަޕޮލީ އާއި ބޮލޮންޔާ ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: ނަޕޮލީ

އިޓަލީގެ ސެރީއާގައި ބޮލޮންޔާއާ ދެކޮޅަށް ކުޅުނު މެޗް 1-1 އިން އެއްވަރުވެ ނަޕޮލީ ލީގުގެ އެއްވަނައިގައި އޮތް އިންޓަރ އާއި އެއްވަރުކޮށް ލީގު ހޯދުމަށް ކުރަމުންގެންދާ މަސައްކަތަށް ހިޔަނިއެޅިއްޖެއެވެ. މި ނަތީޖާއާ ގުޅިގެން ލީގުގެ އެއްވަނައިގައި އޮތް އިންޓަރ މިލާނާ ދެމެދު އޮތް ތިން ޕޮއިންޓުގެ ފަރަގު ވަނީ އެގޮތުގައި ހިފެހެއްޓިފައެވެ. ލީގުގައި އިންޓަރ އެންމެ ފަހުން ކުޅުނު މެޗުވެސް ވަނީ އެއްވަރުވެފައެވެ.

ރޭގެ މެޗުގެ 18 ވަނަ މިނެޓުގައި އަންގުއިސާ ވަނީ ނަޕޮލީއަށް ލީޑު ހޯދައިދީފައެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ބޮލޮންޔާގެ ޑޭން ންޑޯއި ވަނީ އެ ޓީމަށް ގޯލުޖަހައިދީ މެޗު ހަމަހަމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޗުގެ ނަތީޖާއާ ގުޅިގެން 31 މެޗުން ނަޕޮލީ އަށް މިހާރު ލިބިފައިވަނީ 65 ޕޮއިންޓެވެ. އިންޓަރ މިލާން އޮތީ 68 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. އަދި ބޮލޮންޔާ ވަނީ 57 ޕޮއިންޓާއެކު ހަތަރުވަނައަށް އަރާފައެވެ. މިއީ ޔުވެންޓަސްއަށްވުރެ އެއް ޕޮއިންޓު އިތުރު އަދަދެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހާލަންޑް އާއި ވާދަކުރަން ގެނައި ހޯލަންޑް ޔުނައިޓެޑް ދޫކޮށްލައި ނަޕޮލީއަށްކުޅިވަރު | 10 ދުވަސް ކުރިންއޮސިމެން އެނބުރި ގަލަޓަސަރާއީ އަށް، ނަޕޮލީގެ ސަޕޯޓަރުން ރަތަށްކުޅިވަރު | 2 މަސް ކުރިންސިޓީގެ ކެޕްޓަން ޑިބްރޫނާ ނަޕޮލީއަށްކުޅިވަރު | 3 މަސް ކުރިން ސެރީ އޭ ޗެމްޕިއަންކަން ނަޕޮލީއަށްކުޅިވަރު | 3 މަސް ކުރިން