logo
Bank of Maldives

Bank of Maldives

ޚަބަރު

ދުންފަތް މަނާކުރެވޭ އުމުރުފުރާ ކަނޑައެޅުމަށް ޑަބްލިޔުއެޗްއޯ އާއި ޔުނިސެފާ އެކު މަޝްވަރާ ކޮށްފި

ހުސައިން ވަސީމް
8 އޭޕްރީލު 2025 - 08:08
ދުންފަތް މަނާކުރެވޭ އުމުރުފުރާ ކަނޑައެޅުމަށް ޑަބްލިޔުއެޗްއޯ އާއި ޔުނިސެފާ އެކު މަޝްވަރާ ކޮށްފި

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭ އުމުރު ފުރާ ކަނޑައެޅުމާ ގުޅޭގޮތުން ސިއްހަތާ ބެހޭ ވުޒާރާއިން ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާ އާއި ޔުނިސެފާ އެކު މަޝްވަރާ ކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށްގެންދަނީ ސިއްޙީ ވުޒާރާގަ އެވެ. ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތަޢާރަފުކުރުމަށް ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން ޑަބްލިޔުއެޗްއޯ އާއި ޔުނިސެފްގެ އޮފިޝަލުންނާ، ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ބައްދަލުކުރައްވަފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރި ކަމަށް މައުލޫމާތު ދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުހަނު ބޭނުންފުޅުވާ ކަމެކެވެ. ދިވެހި ޅަދަރިން ދުންފަތުގެ ނުރަނގަޅު އާދައިގެ ތެރެއަށް ދޫކޮށްލައިގެން ސަރުކާރެއް އޮންނަންޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށާއި ދުންފަތުގެ އިސްތިއުމާލުކުރުން އާދައަކަށް ނުވަނީސް އެކަން ހުއްޓުވަން ޖެހޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި، ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭންއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދުންފަތުގެ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައަކަށްވާއިރު، އެމަނިކުފާނު މަސައްކަތްކުރައްވަނީ އެ މައްސަލައަށް ޙައްލެއް ހޯއްދެވުމަށްކަމަށާއި، އެފަދަ ނުރަނގަޅު އާދައެއް، މުޖްތަމައު ތެރެއަށް ދޫކޮށްލައިގެން ސަރުކާރުތަކުން ތިބެންޖެހޭ ސަބަބެއް އެމަނިކުފާނަށް ނުވިސްނޭ ކަމަށެވެ.

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭ އުމުރު ފުރާ ކަނޑައެޅުމަށް އާއްމުންގެ ހިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހުޅުވަލާފަ އެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައިންގަޔަށް ނާރާ ބަލިތަކަށް ކޮލިޓީ ފަރުވާދެވޭކަން ކަށަވަރުކޮށްދޭނެ މިންގަނޑެއް އިފްތިތާހުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންމިއަހަރުގެ ހެލްތު އެކްސްޕޯ ނޮވެންބަރު މަހު ބާއްވަން ހަމަޖައްސައިފިޚަބަރު | 3 މަސް ކުރިންކުޑަކުދިންނަށް ދޭ ކޮފްސިރަޕް އެއް މަނާކޮށްފި ޚަބަރު | 4 މަސް ކުރިންއައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި ހައްޖުވެރިންނަށް ހާއްޞަ ކްލިނިކް ހުޅުވައިފިޚަބަރު | 6 މަސް ކުރިން