މޯލްޓާއާއި އެކީ ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރަން މަޝްވަރާކޮށްފި
8 އޭޕްރީލު 2025 - 09:51

މޯލްޓާއާއި އެކީ ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރަން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ ޚާރިޖީ ވަޒީރު ޑރ. ޚަލީލް މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ ފޮރ ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް، ޑރ. އިއަން ބޯގްއާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.
.png&w=750&q=75)
Ad by Hajj Corporation
މޯލްޓާގެ ބޮޑުވަޒީރުގެ ނައިބުގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި މޯލްޓާ އަކީ ވަރަށް އެއްގޮތް ކަންތައްތަކެއް ހުރި ދެޤައުމު ކަމަށާއި މި ދަތުރުފުޅަކީ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ދެވަޒީރުން ފާހަގަކުރެއްވިއެވެ.
ކުދި ޖަޒީރާ ޤައުމުތަކުގެ ހައިސިއްޔަތުން، ރާއްޖެއާ މޯލްޓާއާ ޚާއްޞަކޮށް އިޢާދަކުރަނިވި ހަކަތައަށް ބަދަލުވުމުގައި، ތިމާވެށީގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށާއި ވިޔަފާރީގެ އާ ފުރުޞަތުތައް އިތުރުކުރުމަށާއި، ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަސައްކަތްކުރެއްވުމަށް ވަޒީރުން ވަނީ އެއްބަސްވެވަޑައިގެންފައެވެ. މީގެ އިތުރުން، ފަތުރުވެރިކަމާއި، މަތީ ތަޢުލީމު ދާއިރާއާއި ގުޅުން ވަރުގަދަކޮށް، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެވަޒީރުންވެސް އަލިއަޅުއްވާލެއްވިއެވެ.

-01.jpg&w=3840&q=75)
