logo
MPL

MPL

ޚަބަރު

ގޭގެ ވެރިފަރާތަށް ބިރުދެއްކި މީހުން ދޫކޮށްލައިފި

އަޙްމަދު ޒަލީފް
8 އޭޕްރީލު 2025 - 17:22
ގޭގެ ވެރިފަރާތަށް ބިރުދެއްކި މީހުން ދޫކޮށްލައިފި

މާލެ، ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބިރުދައްކައި، އެ ގެއަށް ގެއްލުންދިން މައްސަލައިގައި ހައްޔަރުކުރި 4 މީހުން މަސް ދުވަހަށް ފަހު ދޫކޮށްލައިފި އެވެ.

އެމީހުންނަކީ:

Ad by Hajj Corporation

Ad by Hajj Corporation

  • އއ. މާޅޮސް، ރީތިހިޔާ، މުހައްމަދު އަފްލާހް (23އ)
  • ނ. ވެލިދޫ، އެލަސް، އިބްރާހީމް އަހްނަފް (21އ)
  • ނ. މަނަދޫ، ހަވޭލި، މުހައްމަދު އަޒާން (23އ)
  • ތ. ގުރައިދޫ، ފަޒާ، އަލީ ނަވާފު (21އ)

 

އެ މީހުން ހައްޔަރުކުރީ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބިރުދައްކައި އިންޒާރުދީފައިވާ ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން މިިދިޔަ މަހުގެ 8 ވަނަ ދުވަހުގެ ރެ އެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ ކުށުގެ ވެށިން ކަމަށް ފުލުހުން މީގެކުރިން ބުނެފައިވެ އެވެ.

ކޯޓު އަމުރުތަކުން އެނގޭ ގޮތުގައި ފުލުހުންގެ ފަރާތުން ވަނީ އެ މީހުންގެ މައްޗަށް ދައުވާކުރަން މައްސަލަ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފަ އެވެ. ޕީޖީ އޮފީހަށް މައްސަލަ ބަލައިގަނެފައިވާތީ ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އެ އޮފީހުގެ ފަރާތުން ހުށަހެޅި އެވެ.

ކްރިމިނަލް ކޯޓުން ވަނީ އެ މީހުންގެ ބަންދަށް ދެ ފަހަރެއްގެ މަތިން 30 ދުވަސް ޖަހާފަ އެވެ. ދެ ވަނަ ފަހަރަށް ޖެހި މުއްދަތު ހަމަވާތީ ބަންދުގެ މުއްދަތު އިތުރުކުރަން އިއްޔެ ވަނީ އެދިފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވި ލަމްހާ 15 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިޚަބަރު | 2 މަސް ކުރިންމޭރީ ގްރޭސް މަރާލިކަން މާވިން އާއި ލަމްހާގެ މައްޗަށް ސާބިތުވެއްޖެޚަބަރު | 2 މަސް ކުރިންއިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޝަމްޢާން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފިޚަބަރު | 2 މަސް ކުރިންޝަމްއާންއަށް ހުކުމް އިއްވުމުގެ އަޑުއެހުން ފަސްކޮށްފިޚަބަރު | 3 މަސް ކުރިން