logoEN
ޚަބަރު

ބޯކޮށްވާރޭވެހި ގުގުރާނެ، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

މުހައްމަދު މޫސާމުހައްމަދު މޫސާ

09 އޭޕްރީލު 2025 - 06:22

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން، ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.

މި ސަމާލު ދެމިއޮންނާނީ މިއަދު ހެނދުނު 10:45 އިން ފެށިގެން 14:00 އާ ހަމައަށެވެ.

މެޓް އޮފީހުގެ ސަމާލުގެ މެސެޖުގައި ބުނެފައިވާ ގޮތުގައި، މި ވަގުތުގެ ތެރޭގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެއެވެ. އަދި ވިއްސާރައިގެ ސަބަބުން ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެގެން ހަރަކާތްތެރިވަމުން އަންނަކަމަށް ފުލުހުންނާއި، ސިފައިން ވެސް ވަނީ ބުނެފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ، ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ ޓްރަފަކާ ގުޅިގެން ކުރާ ވިއްސާރައެއްކަމަށް މެޓުން ވަނީ ބުނެފައެވެ.

މެޓުން ލަފާކުރާގޮތުގައި މި ކުރާ ވިއްސާރައަށްފަހު މޫސުން އަލިވާނީ މިމަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ.ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް

871x217_placeholder