logo
ޚަބަރު

އަމާޒަކީ ބިދޭސީންނާ ގުޅޭގޮތުން ރައްޔިތުން ތަހައްމަލު ކުރަމުންދާ އުނދަގޫތައް ނައްތާލުން: މަޖީދު

މުހައްމަދު މޫސާމުހައްމަދު މޫސާ
9 އޭޕްރީލު 2025 - 08:51
އަމާޒަކީ ބިދޭސީންނާ ގުޅޭގޮތުން ރައްޔިތުން ތަހައްމަލު ކުރަމުންދާ އުނދަގޫތައް ނައްތާލުން: މަޖީދު

މި ފަސް އަހަރު ދުވަހުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލު ހޯދުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްމަޖީދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ފޮރިން ލޭބަރ ޑިޕާޓްމަންޓުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއަކީ ބިދޭސީ މަސައްކަތްތެރިންނާ ގުޅޭގޮތުން ރައްޔިތުން ތަހައްމަލް ކުރަމުންދާ އުނދަގޫތައް ނައްތާލުން ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ބިދޭސީންގެ މައްސަލަ ވެފަ އޮތީ ޤައުމީ ބޮޑު މައްސަލައެއްގެ ގޮތުގައި," ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޢަބްދުލްމަޖީދު އިތުރަށް ވިދާޅުވީ، ސަރުކާރާ ހަވާލުވިއިރު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން އެ މީހުންގެ އަމިއްލަ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ކުރާ މަސައްކަތްތަކާއި ޖިނާޢީ ބޮޑެތި ކުށްތަކަށް އަރައިގަންނަމުންދިޔަ ކަމަށެވެ. މީގެ އިތުރުން، ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމާއި އަމިއްލަ ވިޔަފާރިތައް ހިންގުމުގައި ބިދޭސީން ހަރަކާތްތެރިވަމުންދިޔަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި، ސަރުކާރުން ވަނީ ގިނަގުނަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މީގެ ތެރޭގައި:

1. ޤާނޫނާއި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ފޮނުވާލުން

2. ޤަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް ފުރުސަތު ދިނުން

3. ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުން

ސްޓޭޓް މިނިސްޓަރ ވިދާޅުވީ، 2023 ވަނަ އަހަރު ނިމުނުއިރު ބިދޭސީންނާއި ގުޅުންހުރި ފީތައް ގަވާއިދުން ދައްކަމުންދިޔައީ އެންމެ 22 އިންސައްތަ މީހުން ނުވަތަ ކުންފުނިތަކުން ކަމަށާއި، ނަމަވެސް މިހާރު އެ އަދަދު 50 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ.

ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ އެއްކުރުމުގެ މަސައްކަތް ފެށުނީ 2023 ވަނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ. މިހާތަނަށް 119,600 މީހުންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިދޭސީންގެ ފީ ނުދައްކާތީ 8000 އަށްވުރެ ގިނަ ފަރާތްތައް ސަސްޕެންޑްކޮށްފި ޚަބަރު | 5 ދުވަސް ކުރިންޤަވާއިދާ ޚިލާފުވި 25 ބިދޭސީއަކު އަތުލައިގެންފި ޚަބަރު | މަހެއް ކުރިންމިދިޔަ މަހުގެ ނިޔަލަށް 7600 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފިޚަބަރު | 2 މަސް ކުރިންހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުން ދިޔަ 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށްޚަބަރު | 2 މަސް ކުރިން