ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގެ މެދުގައި ކުރުމުބާރާތެއް ބޭއްވުމުގެ މަސައްކަތް ފަށައިފި

ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއިން މިއަހަރުގެ ކުރީކޮޅުގައި ޕްރެކްޓިސް ކުރަނީ. ފޮތޯ: މާޒިޔާ

09 އޭޕްރީލު 2025 - 09:11
އޮގަސްޓުމަހުގައި ސީޒަން ފެށުމުގެ ކުރިން ކުރު މުބާރާތެއް ކުލަބުތަކާއި ގުޅިގެން އިންތިޒާމް ކުރުމުގެ މަސައްކަތް އެފް.އޭ.އެމް އިން ފަށައިފިއެވެ.
މިމަހުގެ 8 ވަނަ ދުވަހުގައި ދިވެހި ފުޓްބޯޅަ ސީޒަން ފެށުމަށް މީގެ ކުރިން އެފް.އޭ.އެމް އިން ނިންމައި އެކަން ކުލަބުތަކަށް އަންގާފައިވީނަމަވެސް ފީފާގެ އެދުމުގެ މަތީން ސީޒަން ފެށުން ވަނީ މެދުކަނޑާލަވިފައެވެ. ފީފާއިން އެދިފައިވަނީ ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް ސީޒަން ފެށޭ ތާރީޚާއި ނިމޭ ތާރީޚު ބަދަލުކުރާށެވެ. މީގެކުރިން ރާއްޖޭގެ ފުޓްބޯޅަ ސީޒަން ދެމިގެންދަނީ ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުން ފެށިގެން ޑިސެމްބަރު މަހާ ދޭތެރޭގައެވެ. ނަމަވެސް ފީފާގެ ގިނަ ޤައުމުތަކުގައި ސީޒަން ދެމިގެން ދަނީ އޮގަސްޓް މަހުން ފެށިގެން ޖުލައި މަހަށެވެ. އެހެންކަމުން އެގޮތަށް ރާއްޖޭގެ ސީޒަން މިއަހަރުން ފެށިގެން ބަދަލުކުރުމަށް ފީފާއިން ވަނީ އެދިފައެވެ.
މިއާއެކު އެފް.އޭ.އެމް އިން ވަނީ މިއަހަރުގެ ސީޒަން އޭޕްރީލްގައި ފަށަން ހަމަޖެހިފައިވީނަމަވެސް ފީފާގެ އެދުމުގެ މަތީން މެދުކަނޑާލެވިފައިވާކަމަށާއި، ނަމަވެސް އޯގަސްޓް މަހުގެ ކުރިން ކުރު މުބާރާތެއް ކުލަބުތަކުގެ މެދުގައި ބޭއްވުމުގެ އެންމެހައި ކަންކަން ކުރަމުންގެންދާކަން ކުލަބުތަކަށް އަންގާފައެވެ. އެގޮތުގެ މަތީން ފީފާގެ ހުއްދައާއެކު އެފް.އޭ.އެމް އިން މިހާރު ވަނީ ކުރުމުބާރާތެއް ބޭއްވުމުގެ މަސައްކަތް ފަށާފައެވެ. އެފް.އޭ.އެމް ގެ އެދުމަކީ އޭފްރީލް މަހުގެ ފަހު ހަފްތާއިން ފެށިގެން މެއިމަހުނެ ނިޔަލަށް މުބާރާތެއް ބޭއްވުމެވެ.
އެފް.އޭ.އެމް އިން މިހާރުގެންދަނީ މިމުބާރާތުގެ ބައިވެރިވާނެ ޓީމުތައް ކަނޑައެޅުމަށް ކުލަބުތަކަށް ދައުވަތުދީ މާދަމާގެ 16:00 އާއި ހަމައަށް ކުލަބުތަކަށް ފުރުސަތު ހުޅުވާލާފައެވެ. މިމުބާރާތުގައި ބައިވެރިވެވޭނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް އެކަންޏެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނެކަން މީގެކުރިން އިޢުލާން ކޮށްފައިވާތީ މީގެކުރިން ގިނަ ކުލަބުތަކުން ވަނީ ސްކޮޑް އެކުލަވާލައި ޕްރެކްޓިސް ފަށާފައެވެ. އަދި ބައެއް ކުލަބުތަކުން ބޭރުކުޅުންތެރިންވެސް ގެނެސްފައިވީނަމަވެސް، އެފް.އޭ.އެމް އިން ސީޒަން މެދުކަނޑާލަން ނިންމުމާއެކު ގިނަ ކުލަބުތަކުން މިހާރުވަނބީ ޕްރެކްތިސް މެދުކަނޑާލާފައެވެ.
އިތުރު ލިޔުންތައް
.jpg&w=3840&q=75)
ދިވެހި ފުޓްބޯޅަ ސީޒަން ފެބުރުވަރީމަހުގައި ފަށަނީ
5 މަސް ކުރިން
އެފް.އޭ.އެމް ގެ ނޯމަލައޮޒިން ކޮމިޓީގެ ކުޑަކޮށް، ޗެއަރ އަކަށް މުޢިއްޒު
3 މަސް ކުރިން
މާޒިޔާ ދެވަނަ މޮޅު ހޯދިއިރު، އީގަލްސް އަށް ފުރަތަމަ މޮޅު
3 މަސް ކުރިން