logoEN
ޚަބަރު

ކުރީގެ ރައީސުން މަޖިލީހަށް ނުފޫޒުފޯރުވިގޮތަށް ރައީސް މުޢިއްޒު އެކަމެއް ނުކުރައްވާނެ: ފަލާހް

މުހައްމަދު މޫސާމުހައްމަދު މޫސާ

09 އޭޕްރީލު 2025 - 09:44

ކުރީގެ ރައީސުން މަޖިލީހަށް ނުފޫޒުފޯރުވިގޮތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކަމެއް ނުކުރައްވާނެ ކަމަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހް މިހެން ވިދާޅުވީ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ދެއްކެވި ވާހަކައަަކަށް ރަށްދު ދެއްވަމުންނެވެ. މީކާއީލް ވަނީ މަޖިލީހުގެ ޖަލްސާތައް ނުބާއްވަނީ ރައީސް އަންގަވައިގެންކަމަށް ތުހުމަތުކުރައްވާފައެވެ.

"ކޮން ސަބަބަކާހުރެތޯ ރައީސް ޖަލްސާނުބާއްވަން އަމުރުކުރަންވީ؟ ރައީސްތޯ މަޖިލީސްހިންގަވަނީ؟ ތިބޭފުޅާ އަށް ހަމަ ރަނގަޅަށް އިނގިވަޑައިގަންނަވާނެ މަޖިލީހަކީ ފުލޯގަ އެކަނިމަސައްކަތްކުރާ ތަނެއްނޫންކަން. އިއްޔެވެސް މިއަދުވެސް ކޮމިޓީތަކުގަ އެތައްމަސައްކަތެއް ހިނގާކަންވެސް އިނގިލައްވާނެ." މީކާއީލަށް ރައްދު ދެއްވަމުން ފަލާހް ވިދާޅުވެފަވެއެވެ.

މީގެ އިތުރުން ކުރިން ރައީސުން މަޖިލީހަށް ނުފޫޒުފޯރުވިގޮތަށް ރައީސް މުޢިއްޒު އެކަމެއް ނުކުރައްވާނެ. ކަމަށް ފަލާހް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސައްކަތްތައް ހަމަޖެހިފައި ހުންނަގޮތަށް ބަލާއިރު، މަޖިލީހުގެ ރަސްމީ ޖަލްސާގައި ތަޅުމުގައި ކުރަށްވާ މަސައްކަތްތަކުގެ އިތުރުން މަޖިލީހުގެ ކޮމެޓީތަކުގައި ގިނަ މަސައްކަތްތަކެއް ހިނގައެވެ. މަޖިލީހަށް ހުށަހަހެޅޭ ބިލްތަކާއި، އޮޑިޓް ރިޕޯޓްތަކާއި، ޕެޓިޝަންތަކާއި އެހެނިހެން ސަރުކާރު ހިންގުމާއި ގުޅޭ ގާނޫނީކަންކަން ނިންމަން ތަޅުމަށް ފޮނުވުމުގެ ކުރިން ހުރިހާ މަސައްކަތެއް ހިނގަނީ ކޮމެޓީތަކުގައެވެ.

މަޖިލީހުގައި 19 ދާއިމީ ކޮމެޓީގެ އިތުރުން އެ ކޮމެޓީތަކުގެ މަސައްކަތް ކަފިވެފައިވާ ސަބް ކޮމެޓީތައް ހުރެއެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާ ނެތް ނަމަވެސް ގިނަ ކޮމެޓީތަކުގެ މަސައްކަތް ހިނގިކަން މަޖިލީހުގެ ވެބްސައިޓުން އެނގެއެވެ.

ކޮމެންޓް

871x217_placeholder