logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލެ މުދާ ޖެޓީ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން އަންގައިފި

އަޙްމަދު ޒަލީފް
9 އޭޕްރީލު 2025 - 14:50
ހުޅުމާލެ މުދާ ޖެޓީ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން އަންގައިފި

ހުޅުމާލެ މުދާ ޖެޓީ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އުޅަނދުތައް ނަގަން އަންގާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގެ ކުރިންނެވެ. އެ ދުވަހުގެ ކުރިން ނުނަގާނަމަ އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކަށް އެ ކޯޕަރޭޝަން ޒިންމާ ނުނަގާނެ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުޅުމާލެ މުދާ ޖެޓީ އަކީ ހުޅުމާލެއަށް މުދާ އަރުވައި ބޭލުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެޗްޑީސީ އިން ގާއިމް ކޮށްފައިވާ ވަގުތީ ޖެޓީއެކެވެ. މި ޖެޓީ ގާއިމް ކުރީ މިދިޔަ އަހަރުގެތެރޭގައެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ އެ ޖެޓީ ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތަކަށް ލިބިދޭ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުން އެ ތަނުގައި އަޅާފައިވާ އުޅަނދުތައް ނަގަން އެންގީ ކަމަށް ބުނެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގެ މަގުތައް މަރާމާތުކުރަން ހަވާލުކޮށްފިޚަބަރު | 3 ދުވަސް ކުރިންހިޔާ ފްލެޓުގެ ކުއްޔަށް ދިން ލުއިތައް، "މައީ ހުޅުމާލެ" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލާލެވޭނެޚަބަރު | 4 ދުވަސް ކުރިންއިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ "އުފާ" ފެސްޓިވަލް، ސެންޓްރަލް ޕާކުގައި ފަށައިފިޚަބަރު | 17 ދުވަސް ކުރިންތަފާތު ހަރާކަތްތަކަށް ހުއްދަ ނެތި ސްޓޯލްތަށް ވިއްކަމުންދާތީ އެކަމަށް ސަމާލުވުމަށް އެދިއްޖެ ޚަބަރު | 22 ދުވަސް ކުރިން