logo
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިBank of Maldives

Bank of Maldives

ދުނިޔެ

ކަރަންޓު ބިލު ބޮޑުވެގެން މެމްބަރު ކަންގަނާ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
10 އޭޕްރީލު 2025 - 02:57
ކަރަންޓު ބިލު ބޮޑުވެގެން މެމްބަރު ކަންގަނާ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ

ނިއުދިއްލީ: ހިމާޗަލް ޕްރަދޭޝްގެ މަނާލީގައި ހުރި އޭނާގެ ބޭނުން ނުކުރާ ގެއަށް 1 ލައްކަ ރުފިޔާގެ ކަރަންޓު ބިލެއް ލިބިފައިވާ ކަމަށް ވިދާޅުވެ، އިންޑިއާގެ ބީޖޭޕީގެ އެމްޕީ އަދި އެކްޓަރުކަމުން ސިޔާސީ މައިދާނަށް ނުކުތް ކަންގަނާ ރަނާއުތު ރުޅިގަނޑު ފަޅައިގެން ހިނގައްޖެއެވެ.

އޭނާގެ ޕާލިމެންޓަރީ ދާއިރާ ކަމުގައިވާ މަންޑީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން، ކަންގަނާ ވަނީ އިދާރީ ނާކާމިޔާބުކަމާއި މާލީ ކަންކަން ބެލެހެއްޓުމުގައި ހުރި އުނިކަމަށް ބުނެ ރުޅިގަދަވެ، ކޮންގްރެސް އިދާރާއަށް ފާޑުކިޔާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ހިމާޗަލް ޕްރަދޭޝްގައި ކޮންގްރެސްއިން ވަނީ މިހާ ދެރަ ހާލަތެއް އުފައްދާފައި. މިމަހު އަހަރެންނަށް މަނާލީގައި ހުރި އަހަރެންގެ ގެއަށް 1 ލައްކަ ރުފިޔާގެ ކަރަންޓު ބިލެއް ލިބުނު. އެއީ އަހަރެން ދިރިއުޅޭ ތަނެއް ވެސް ނޫން. މިތާނގެ ހާލަތު ހުރިގޮތް ތިބާއަށް ވިސްނައިލެވޭތޯ ބަލާ!،" އޭނާ ވިދާޅުވިއެވެ.

 

 

ކަންގަނާގެ މި ވާހަކައަށް ހިމާޗަލް ޕްރަދޭޝް ކޮންގްރެސް ޔުނިޓުން ވަނީ އަވަސް ޖަވާބެއްދީފައެވެ. އޭނާގެ ބަސްތައް "އިންސާފުވެރި ނޫން" އަދި "ޒިންމާދާރުކަން ކުޑަ" ކަމަށް ބުނެ، ކޮންގްރެސްއިން ވަނީ އެއްވެސް ކަމެއް ނަހަމަ ގޮތުގައި ކޮށްފައިވާކަމުގެ ތުހުމަތުތައް ދޮގުކޮށް، އަދި ބީޖޭޕީގެ އެމްޕީއަށް ގޮވާލާފައިވަނީ މިފަދަ މައްސަލަތައް އާންމުކޮށް ތުހުމަތުކުރުމުގެ ބަދަލުގައި އެކަށީގެންވާ ރަސްމީ ޗެނަލްތަކުން ކުރިއަށް ގެންދިއުމަށެވެ.

މަޖިލިސް މެމްބަރަކަށް ވުމާ ގުޅިގެން ކަންގަނާ މިހާރު ދިރިއުޅެނީ ނިއު ދިއްލީގައި ކަމަށް ވާއިރު، އޭނާ މިހާރު ދިރިނޫޅޭ ގެއަކަށް މިފަދަ ބޮޑު ބިލެއް އައުމާ ގުޅިގެން، ހިމާޗަލް ޕްރަދޭޝް ސްޓޭޓުގެ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މިކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ބެލެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫއާއި ކުޅުދުއްފުށީގައި ސިނަމާ ކޮމްޕްލެކްސް އެއް ގާއިމުކުރަނީޚަބަރު | 12 ގަޑިއިރު ކުރިން104،000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބި މަޝްހޫރު ޓިކްޓޮކް އިންފްލުއެންސަރ ކަލްޑެރާ މަރުވެއްޖެދުނިޔެ | 3 މަސް ކުރިންޓިކްޓޮކް ތަރި ސަމާއަށް އަނިޔާކުރުމަށްފަހު ފިރިމީހާ ފިލައިފިޚަބަރު | 5 މަސް ކުރިން"ކަނބުލޮ" ގެ ޓްރެއިލާ ބަލައިފިންތަ؟ ވަރަށް ފުރިހަމަ !ޚަބަރު | 5 މަސް ކުރިން