logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރަފީނިޔާގެ މޮޅުކުޅުމާއެކު ބާސާ ސެމީއާއި ގާތަށް

އަބްދުﷲ ޣާނިމް
10 އޭޕްރީލު 2025 - 04:03
ރަފީނިޔާ ރޭގައި ވަނީ މެސީގެ ރެކޯޑާއި އަރާ ހަމަކޮށްފައި. ފޮޓޯ: ބާސެލޯނާ
ރަފީނިޔާ ރޭގައި ވަނީ މެސީގެ ރެކޯޑާއި އަރާ ހަމަކޮށްފައި. ފޮޓޯ: ބާސެލޯނާ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ބޮރޫޝިޔާ ޑޯޓްމަންޑް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ބާސެލޯނާ ކާމިޔާބުކޮށްފިއެވެ. މި މެޗު ކުޅުނީ ބާސެލޯނާގެ ދަނޑު، އެސްޓޭޑިއޯ މޮންޖުއިކްގައި 49,000 އަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައެވެ.

މި މެޗުގައި އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިޔަކަށް ވެފައިވަނީ ބާސެލޯނާގެ ބްރެޒިލް ފޯވަޑް ރަފީނިއާއެވެ. ރޭގެ މެޗުގެ ފުރަތަމަ ގޯލު ރަފީނިޔާ ކާމިޔާބުކޮށްފައިވާއިރު، ބާސެލޯނާގެ އެންމެ ފަހު ގޯލު ކާމިޔާބުކުރީ ލަމީން ޔަމާލްއެވެ. ރަފީނިޔާ ރޭގެ މެޗުގައި ވަނީ އެއްގޯލާއެކު ދެ އެސިސްޓު ހަދާފައެވެ. އޭނާ ވަނީ މެޗުގެ 25 ވަނަ މިނެޓުގައި ޖެހި ލަނޑާއެކު މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ޖުމްލަ 19 ލަނޑު ޖެހުމުގައި ބައިވެރިވެ، 2011-12 ވަނަ ސީޒަނުގައި ލިއޮނެލް މެސީ ހަދާފައިވާ ރެކޯޑާ އެއްވަރުކޮށްފައެވެ. މީގެ އިތުރުން މިސީޒަނުގައި ރަފީނިޔާ ވަނީ 28 ގޯލާއި 22 އެސިސްޓުހަދައި ޖުމްލަ 50 ގޯލު ޖެހުމުގައި ސީދާގޮތުން ބައިވެރިވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާގެ ސްޓްރައިކަރ ރޮބަޓް ލެވަންޑޯސްކީ ވަނީ ދެ ލަނޑު ޖަހައި އޭނާގެ ކުރީގެ ޓީމާ ދެކޮޅަށް ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކާފައެވެ. އޭގެ ތެރެއިން 66 ވަނަ މިނެޓުގައި ޖެހި ލަނޑަކީ އޭނާ ބާސެލޯނާއަށް ޖަހައިދިން 99 ވަނަ ލަނޑެވެ.

ބާސެލޯނާ މިއަހަރު ކުޅުނު 23 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައިނުވާއިރު، 19 މެޗުން ވަނީ މޮޅުވެފައެވެ.

މި ދެ ޓީމުގެ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭގައި ޖަރުމަނުގައެވެ. ފުރަތަމަ ލެގުގައި ލިބުނު ބޮޑު ކުރިއާއެކު ބާސެލޯނާއަށް ވަނީ ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ އަހަރުގެ ޗެންޕިއަންސް ލީގުގެ ގޯލްޑަން ބޫޓު ގިރާސީއަށްކުޅިވަރު | ދުވަހެއް ކުރިންޗެންޕިއަން ބާސެލޯނާ ގަދަކޮށް އެނބުރި އައިސްފިކުޅިވަރު | 2 ދުވަސް ކުރިންގަވީގެ ފަރުވާއާ ގުޅޭގޮތުން ބާސެލޯނާ ދެބައިވެއްޖެކުޅިވަރު | 4 ދުވަސް ކުރިންބާސެލޯނާ މި ހަފްތާބަންދުގައި ކުޅޭނީ އެންމެ 6000 ސަޕޯޓަރުން ކުރިމަތީގައިކުޅިވަރު | 7 ދުވަސް ކުރިން