logoEN
ކުޅިވަރު

ޗެންޕިއަން ވެމްކޯ މޮޅަކުން ފެށިއިރު، ޕޮލިސްވެސް މުބާރާތް ފެށީ ގަދަކޮށް

ވެމްކޯއާއި އަސްދިގަ ސްޕޯރޓްސް އާއި ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ވީއޭއެމް

ވެމްކޯއާއި އަސްދިގަ ސްޕޯރޓްސް އާއި ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ވީއޭއެމް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

10 އޭޕްރީލު 2025 - 05:53

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ކަޕް 2025 ގައި ކުޅުނު ފުރަތަމަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯ މޮޅުވެއްޖެއެވެ.

ގްރޫޕް ބީގައި ވެމްކޯ، އަސްދިގަ ސްޕޯރޓްސް އާއި ވާދަކޮށް މިމެޗު ކާމިޔާބުކުރީ ފަސޭހަކަމާއެކު ސީދާ ތިންސެޓުންނެވެ. އެގޮތުން ފުރަތަމަ ސެޓު 05-25 ގެ ތަފާތު ބޮޑު ސްކޯއަކުން ކާމިޔާބުކޮށްފައިވާއިރު، ދެވަނަ ސެޓު ކާމިޔާބުކުރީ 14-25 އިންނެވެ. އަދި ތިންވަނަ ސެޓުވެސް ފަސޭހަކާމާއެކު 7-25 އިން ވަނީ ކާމިޔާބުކޮށްފައެވެ.

މެޗުގެ މޮޅުކުޅުންތެރިޔާކީ ވެމްކޯގެ ސާޖިދާއެވެ.

މީގެއިތުރުން ރޭގައި ޕޮލިސްކުލަބުވެސް ވަނީ ނައިފަރު ގުޑް ގޭމްސް ސްޕޯރޓްސް އެކަޑެމީ (ޖީޖީ ސްޕޯރޓްސް) އާއި ވާދަކޮށް މެޗު ސީދާ ތިންސެޓުން ކާމިޔާބުކޮށްފައެވެ. މެޗުގެ ފުރަތަމަ ސެޓު 17-25 އިން ކާމިޔާބުކޮށްފައިވާއިރު ދެވަނަ އަދި ތިންވަނަ ސެޓު ކާމިޔާބުކުރީ 15-25 އަދި 13-25 އިންނެވެ.

މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ޕޮލިސް ކުލަބުގެ ބޭރު ކުޅުންތެރިޔާ ސޯފިއާއެވެ.

ވީއޭއެމް ކަޕުގައި ކުޅޭ 8 ޓީމުގެ ތެރެއިން އެންމެ މޮޅު 6 ޓީމު ގައުމީ ލީގަށް ކޮލިފައިވާނެއެވެ.

ކޮމެންޓް

871x217_placeholder