ފިލިޕީންސްގައި ޕައިލެޓްކަން ކިޔަވާ ދިވެހި ކުއްޖަކު ތަމްރީނުގައި އުޅެނިކޮށް ޒަޚަމްވެއްޖެ
12 އޭޕްރީލު 2025 - 12:23

ފިލިޕީންސްގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ކުއްޖަކު ތަމްރީނުގައި އުޅެނިކޮށް ޒަޚަމްވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުއެވެ. މި ހާދިސާގައި ޒަޚަމްވެފައިވާ ދިވެހި ކުއްޖަކީ، ހދ. ހަނިމާދޫ، އަބުދުލް މާނިއު އެވެ.
.png&w=750&q=75)
Ad by Hajj Corporation
މާނިއުއަށް އަނިޔާވެ ޒަޚަމްވެފައިވަނީ ޓްރެއިނިންގ ހެދުމަށް މަތިންދާ ބޯޓު ދުއްވުމަށްފަހު ފޭބި ވަގުތު ބޮލަށް އެނބުރުން އަރައިގެން ބޯޓުގެ ބުރަފައްޗާ ދިމާއަށް ދެވިގެން ބުރަފަތީގައި ޖެހިގެންކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި ހާދިސާއާ ގުޅިގެން މާނިއު ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންދެވިފައެވެ. އަދި މިވަގުތު އޭނާ އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންނެވެ.
މި ހާދިސާގައި މާނިއުއަށް ލިބުނު ޒަޚަމްތަކާއި ގުޅިގެން ސާޖަރީއެއް ހަދަން ޖެހުން އެކަށީގެންވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.

-01.jpg&w=3840&q=75)
