logoEN
ޚަބަރު

އައްޑޫ ލިންކް ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ

13 އޭޕްރީލު 2025 - 02:53

އައްޑޫ ސިޓީ ފޭދޫ ލިންކު ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 37 އަހަރުގެ މީހަކު މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ 19:39 ހާއިރުގައި ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުންގެ ޚިދުމަތުން މީޑިއާތަކާ ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، މި އެކްސިޑެންޓުގައި މަރުވެފައިވަނީ ސައިކަލު ދުއްވަމުން ދިޔަ ފޭދޫ، އުލްފަތު، އިބްރާހީމް ސިޔާދު (37 އަހަރު) އެވެ. އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ވަނީ މަރުވެފައި ކަމަށް ސިއްހީ މަރުކަޒުން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަމުން ދިޔައީ ގދ. ފިޔޮރީ، މާގޯލްޑް، މުހައްމަދު މާހިލް މުމްތާޒް ކަމަށާއި، އޭނާ ވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު، ލާމު ލިންކު ރޯޑުގައި އިއްޔެ ރޭ ދަންވަރު 1:40 ހާއިރު ހިނގި އެހެން އެކްސިޑެންޓެއްގައި ލ. މާބައިދޫ، ސޫރަޖް ވިލާ، އިބްރާހީމް ނައުޒަމް (30 އަހަރު) ވެސް ވަނީ މަރުވެފައެވެ. އޭނާ މަރުވެފައިވަނީ ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 8:45 ހާއިރުގައެވެ. މި އެކްސިޑެންޓުގެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

871x217_placeholder