logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއިން ބޭރުގެ 4 ޤައުމެއްގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށަނީ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
13 އޭޕްރީލު 2025 - 07:55
ރާއްޖެއިން ބޭރުގެ 4 ޤައުމެއްގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށަނީ

ރާއްޖެއިން ބޭރުގެ ހަތަރު ޤައުމެއްގައި އައިޑީކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ފެށުމުގެ މަސައްކަތްތައް ކުރާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

"ސަރުކާރު" ވެބްސައިޓުގައި އެ ވުޒާރާއިން ޝާއިއުކުރި ލިޔުމެއްގައި ބުނީ، އާއްމުކޮށް ދިވެހިން ގޮސްއުޅޭ ބައެއް ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)އިން ތައްޔާރުވަމުންދާ ކަމަށާއި، އެ ޤައުމުތަކަކީ މެލޭޝިއާއާއި، ސްރީލަންކާއާއި، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ޚިދުމަތް އެ ޤައުމުތަކުގައި ފެށޭނެ ދުވަހެއް އެ ވުޒާރާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން އެ ވުޒާރާއިން ބުނީ، މާލެއިން އެކަނި ލިބޭ އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވައުދުފުޅެއް ކަމަށާއި، އެ ވައުދުފުޅު ފުއްދުމަށްޓަކައި އިތުރު ހަތަރު ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް މިމަހުގެ ތެރޭގައި ފެށުމަށް ވެސް ޑީއެންއާރް އިން ތައްޔާރުވެފައިވާ ކަމަށެވެ.

އެގޮތުން އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށަން ނިންމާފައި ވަނީ މ.މުލީ، ށ.ފުނަދޫ، ށ.މިލަންދޫ އަދި ނ.ވެލިދޫގައެވެ.

15 ރަށެއްގައި އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް މިހާރުވެސް ދަނީ ދެމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޢުދެއް ވެވަޑައިގެންފިނަމަ ފުއްދަވާނެކަމުގެ ދަލީލެއް، ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ދޭން ފަށައިފިޚަބަރު | މަހެއް ކުރިންހަނިމާދޫގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށައިފިޚަބަރު | މަހެއް ކުރިންވަޢުދުވެ ވަޑައިގެންވި މުއްދަތަށްވުރެ 3 މަސްކުރިން ހުރިހާ އަތޮޅެއްގައި އައިޑީކާޑުގެ ޚިދުމަތް ގާއިމުކޮށްދީފިޚަބަރު | މަހެއް ކުރިންއައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ވިލުފުށީގައި ފަށައިފިޚަބަރު | 3 މަސް ކުރިން