logo
Bank of Maldives

Bank of Maldives

ކުޅިވަރު

އާރސެނަލް ކަޓުވާލަން ނިކުންނަ މެޑްރިލް އަލާވެސް އަތުން ސަލާމަތްވީ ކިރިޔާ

އަބްދުﷲ ޣާނިމް
14 އޭޕްރީލު 2025 - 04:51
ރޭގެ މެޗުގެތެރެއިން. ފޮޓޯ: ރެއާޅް މެޑްރިޑް
ރޭގެ މެޗުގެތެރެއިން. ފޮޓޯ: ރެއާޅް މެޑްރިޑް

ރޭގެ މެޗަށް ނިކުތްއިރު އެންމެ ފަހުން ކުޅުނު 2 މެޗުންވެސް ބަލިވެ، ސީޒަނުގައި އަޑިއަޅާލާފައިވާ މެޑްރިޑް، ރެލިގޭޝަން ޒޯނުގައި އޮތް އަލާވެސް އަތުން ހަނިގޮތަކަށް ސަލާމަތް ވެއްޖެއެވެ. ރޭގެ މެޗު މެޑްރިޑުން ކާމިޔާބުކުރީ 1-0 އިނެންވެ.

މިމެޗު ރޭގެ މެޗު ރެއާލް މެޑްރިޑު ނިކުތީ ވިނީސިއުސް އާއި ބެލިންގްހަމް އަދި މޮޑްރިޗް ބެންޗުގައި ބަހަށްޓައިގެންނެވެ. މެޗުގައި ރެއާލްގެ ހަމައެކަނި ގޯލުކާމިޔާބުކޮށްދިނީ 34 ވަނަ މިނެޓުގައި ކަމަވިންގާއެވެ. އަދި އޭގެ 4 މިނެޓުފަހުން އެމްބާއްޕޭ ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން އޭނާއަށް ވަނީ ރަތްކާޑުދައްކައި ދަނޑުން ފޮނުވާލާފައެވެ. މިކާޑާއެކު އަލާވޭސް އިން ވަނީ މެޗުގެ ކޮންޓްރޯލް ނަގާފައެވެ. ރޭގެ މެޗުގައި އަލާވޭސްއިން ވަނީ ރެއާލްގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިމެޗުގައި އަލާވެސްގެ ސަންޗޭޡް އަށްވެސް ވަނީ މެޗުގެ 70 ވަނަ މިނެޓުގައި ރަޑްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

މިމެޗުން މޮޅުވެ ރެއާލް މެޑްރިޑް މިވަގުތު އޮތީ ބާސެލޯނާއަށްވުރެ 4 ޕޮއިންޓް ފަހަތުގައި، ލީގުގެ ދެވަނައިގައެވެ. ރޭގެމެޗުގައި މެޑްރިޑްގެ ފަރާތުން ދަށްކުޅުމެއް ފެނިފައިވާއިރު، ރެއާލް މެޑްރިޑު ދެން ނިކުްނާނީ އަމިއްލަ ދަނޑުގައި އާރސެނަލް އާއި ދެކޮޅަށެވެ. އާރސެނަލްގެ ދަނޑުގައި ޓީމުން ކުޅުނު ދަށް ކުޅުމުގެ ބަދަލުގައި ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިދާނެ ކަމަށް ސަޕޯޓަރުން އުއްމީދުކުރިނަމަވެސް ރޭގެ މެޗުވެސް ފެނިގެން ދިޔައީ ދިމާ އިނދިކޮޅަށެވެ.

މިދެޓީމު ބައްދަލުކުރާމެޗު އޮންނާނީ އަންނަ ބުދަދުވަހުގެ ރޭގަނޑު 00:00 ގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުންފޫ ތެޅި ދެކުޅުންތެރިން ބޮޑު އަދަދަކުން ޖޫރިމަނާކޮށްފިކުޅިވަރު | ދުވަހެއް ކުރިންފުޓްބޯޅަ ކުޅުން ހުއްޓާލާފައި ރެއާލް މެޑްރިޑްގެ ކުޅުންތެރިން ރެސްލިން ތަޅަންފަށައިފި، ބައެއްކުޅުންތެރިން ސަސްޕެންޑްކޮށް އެކަކު ހޮސްޕިޓަލަށް ކުޅިވަރު | 2 ދުވަސް ކުރިންއެމްބާޕޭ ރެއާލް މެޑްރިޑުން ބޭރުކުރުމަށް އިނދިކޮޅު ސަޕޯޓަރުންނާއެކު ރެކޯޑް މުގުރާލާނެ ޕެޓިޝަނެއް ކުރިޔަށްގެންދަނީކުޅިވަރު | 3 ދުވަސް ކުރިންޖެހިޖެހިގެން ދެ ސީޒަނުގައި ޗޮކުން ދިޔަރެއާލް މެޑްރިޑްގެ ކުޅުންތެރިންގެ މެދުގައި ތަޅައިގަނެފިކުޅިވަރު | 3 ދުވަސް ކުރިން