logoEN
ޚަބަރު

ސައުދީ ފަންޑަކީ ރާއްޖޭގެ ތަރައްޤީގެ މުޙިއްމު ބައިވެރިއެއް: މާލީ ވަޒީރު

އާމިނަތު ސަފާއާމިނަތު ސަފާ

14 އޭޕްރީލު 2025 - 08:44

ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (އެސް.އެފް.ޑީ) އަކީ ރާއްޖޭގެ ތަރައްޤީގެ މުޙިއްމު ބައިވެރިއެއް ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މޫސާ ޒަމީރު މިހެން ވިދާޅުވީ ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (ސައުދީ ފަންޑް) އިން، އެކްސްޕޭންޝަން އޮފް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް މަޝްރޫއަށް އިތުރު ފައިނޭންސިންގގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ގޮތުގައި 63,750,000.00 (ފަސް ދޮޅަސް ތިން މިލިއަން ހަތް ސަތޭކަ ފަންސާސް ހާސް) ސައުދީ ރިޔާލްގެ ލޯނު އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ސައުދީ ފަންޑާއި އެކު ސޮއިކުރުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚައްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު މޫސާ ޒަމީރުގެ ވާހަކަފުޅުފުގައި ދިވެހިންގެ ތަރައްޤީގެ ދަތުރުގައި ސައުދީ ފަންޑުގެ ދެމެންދާ އެހީތެރިކަމަށްޓަކައި ޚާއްސަ ޝުކުރެއް އަދާކުރިއެވެ. އެގޮތުން، އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކުން ފެށިގެން ޞިއްޙީ ދާއިރާއާއި ބޯހިޔާވަހިކަމާއި އަދި ކާރިސާތަކުން އަރައިގަތުމަށް ސައޫދީ ފަންޑުން ވެދެއްވާފައިވާ އެހީތެރިކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ. ވަކިން ޚާއްސަކޮށް އެސް.އެފް.ޑީން ދިވެހިރާއްޖެއަށް ދެއްވި ފުރަތަމަ ލޯނަކީ 1978 ގައި މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ދެއްވި ލޯނެއްކަން ފާހަގަކުރައްވައި ސައޫދީ ފަންޑުގެ އެހީތެރިކަމަކީ ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް ދެމިގެންދާ ބަދަލުތަކެއް ގެނެސްދީފައިވާ ބަދަލުތަކެއްކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (އެސް.އެފް.ޑީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ހިޒް އެކްސެލެންސީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މަރްޝަދު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ނިންމަން ސައޫދީ ފަންޑުން ރާއްޖެ އަށް ދޭ ދެވަނަ ލޯނުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. އާ ޓާމިނަލް ނިންމަން ދިވެހި ސަރުކާރަށް ސައޫދީ ފަންޑުން މި ފަހަރު ދިނީ 17 މިލިއަން ޑޮލަރެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސުލްތާން އަބްދުއްރަހްމާން އަލްމަރްޝަދެވެ.

ކޮމެންޓް

871x217_placeholder