logoEN
ކުޅިވަރު

އާރސެނަލް އިން ޔޯކެރޭޝް ގެ ސޮއި ހޯދުމަށް މަސައްކަތްކުރަނީ - ފަބްރީޒިއޯ

ޔޯކެރޭޝް.

ޔޯކެރޭޝް.

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

15 އޭޕްރީލު 2025 - 04:01

ޕޯޗުގީޒް ކުލަބު ސްޕޯޓިންގ ވިކްޓަރ ޔޯކެރޭޝް ސޮއިހޯދުމުގެ މަސައްކަތް އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބު އާރސެނަލް އިން ފަށައިފި އެވެ. މި ސީޒަނުގައި 45 މެޗުން 44 ލަނޑު ޖަހާފައިވާ ޔޯކެރޭޝް އަކީ މި އަހަރުގެ ކުރީކޮޅު އާރސެނަލްގެ ސްޕޯޓިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެވުނު އެންޑްރެއާ ބެރްޓާ ވަރަށް ބޮޑަށް ގަބޫލުކުރާ ކުޅުންތެރިއެކެވެ.

ފެބްރިޒިއޯ ރޮމާނޯ ހާމަކުރި ގޮތުގައި ޔޯކެރޭޝްގެ އޭޖެންޓުން މި މަހުގެ ކުރީކޮޅު އިނގިރޭސި ވިލާތުގައި ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ. މި ބައްދަލުވުންތަކަކީ ކުރިއަށް އޮތް ޓްރާންސްފަރ މާކެޓަށް ތައްޔާރުވުމުގެ ގޮތުން ބޭއްވުނު ބައްދަލުވުންތަކެކެވެ. ސްވީޑިޝް ސްޓްރައިކަރު ޔޯކެރޭޝް މި ސީޒަނުގެ ފަހުން ސްޕޯޓިންގ ދޫކޮށްލާނެ ކަމަށް ބެލެވެއެވެ.

ސްޕޯޓިންގ އާ ގާތް މަސްދަރުތަކުން ބުނާ ގޮތުގައި ޔޯކެރޭޝް ދޫކޮށްލާނީ 65-70 މިލިއަން ޔޫރޯއަށެވެ. މީގެ ތެރޭގައި އިތުރު ފައިސާގެ އިނާޔަތްތައް ހިމެނެއެވެ. އަދި މި އަގު ދައްކާނެ ގޮތުގެ އޮނިގަނޑަށްވެސް ބަދަލު އަތުވެދާނެ އެވެ. ކުރިން އެޓްލެޓިކޯ މެޑްރިޑްގައި މަސައްކަތްކުރި ބެރްޓާ އޭރުވެސް ޔޯކެރޭޝް ސޮއިކުރުމަށް މަސައްކަތްކޮށްފައިވެއެވެ.

ޔޯކެރޭޝް ސޮއި ހޯދުމަށް މަސައްކަތް ކުރާ ހަމައެކަނި ކުލަބަކީ އާރސެނަލް އެއް ނޫނެވެ. މެންޗެސްޓަރ ޔުނައިޓެޑް އިންވެސް އޭނާ ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. އަދި އެހެން ޔޫރަޕިއަން ކުލަބުތަކުންވެސް ޔޯކެރޭޝް ހޯދުމަށް މަސައްކަތްކުރަމުންދެއެވެ.

26 އަހަރުގެ ޔޯކެރޭޝް މި ސީޒަނުގައި ވަނީ 45 މެޗުން 44 ލަނޑާއި 10 އެސިސްޓް ހޯދާފައެވެ.

ކޮމެންޓް

871x217_placeholder