logo
Bank of Maldives

Bank of Maldives

ޚަބަރު

ވަޒީރު ޝިޔާމް، ޖަޕާނު ސަފީރާ ބައްދަލުކުރައްވައިފި

ވަޒީރު ޝިޔާމް،  ޖަޕާނު ސަފީރާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، އަލްފާޟިލް އަޙްމަދު ޝިޔާމް، ދިވެހިރާއްޖެއަށް އަލަށް ޢައްޔަންކުރެވުނު ޖަޕާނުގެނުގެ ސަފީރު، އެކްސެލެންސީ މިސިސް އިޝިގާމީ ރުމިކޯއާ މިއަދު ބައްދަލުކުރައްވައި، ދެ ޤައުމުގެ މަސްވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝިޔާމް، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި ޖަޕާނު ސަރުކާރުން ދެއްވަމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު ދެންނެވިއެވެ. ޚާއްޞަކޮށް މަސްވެރިކަމާ ގުޅުންހުރި އެކިއެކި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ޖަޕާނުން ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. މިގޮތުން މިހާރު ކުރިއަށްގެންދެވޭ "ޕްރޮޖެކްޓް ފޮރ ޕްރޮމޯޝަން އޮފް ބްލޫ އިކޮނޮމީ އިން ދަ ފިޝަރީޒް ސެކްޓަރ އިން މޯލްޑިވްސް" އަކީ ޚާއްޞަ ސަމާލުކަމެއް ދެވޭ މުހިންމު ޕްރޮޖެކްޓެއްކަން ފާހަގަކުރެއްވިއެވެ. މި ޕްރޮޖެކްޓުގެ ދަށުން މަސްދޯނިތަކުގައި ދިގު މުއްދަތަކަށް އެން ރައްކާކުރެވޭނެ ގޮތަށް އެންވަތް ތަރައްޤީކުރުމުގެ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެއިތުރުން، އަގުއެއްކުރުމުގެ ތަމްރީނު ޕްރޮގްރާމްތަކެއް ރ. މަޑުއްވަރި، ފ. ނިލަންދޫ އަދި މ. ދިއްގަރުގައި ވަނީ ހިންގާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި ސަފީރު އިޝިގާމީ ރުމިކޯ ވިދާޅުވީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އެހީތެރިވުމުގައި ޖަޕާނު ސަރުކާރުން ދެމިހުންނާނެ ކަމަށާއި، ދިވެހިރާއްޖެއަށް ބޭނުންވާ މަސްވެރިކަމުގެ ތަރައްޤީގެ ކޮންމެ ދާއިރާއަކަށް އެހީތެރިވުމަށް ޖަޕާނު ތައްޔާރަށް ހުރިކަމުގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބެޗްލަރސް ޑިގްރީ އިން ފިޝަރީޒް އެންޑް އެކުއާކަލްޗާ ކޯހުގެ މަންހަޖު އެކުލަވާލުމުގެ މަސައްކަތް ފަށައިފިޚަބަރު | މަހެއް ކުރިންމަސްވެރި އުޅަނދުތައް އަޕްގްރޭޑް ކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު މަޝްވަރާކޮށްފިޚަބަރު | މަހެއް ކުރިންއެކުއަކަލްޗަރ ދާއިރާ ކުރިއެރުވުމަށް ޗައިނާ ކުންފުންޏަކާއެކު ސޮއިކޮށްފިޚަބަރު | މަހެއް ކުރިންޒުވާން މަސްވެރިން އުފައްދަން ހިންގާ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިޚަބަރު | މަހެއް ކުރިން