logo
Bank of Maldives

Bank of Maldives

ޚަބަރު

ބިދޭސީންގެ ބައޯމެޓްރިކްސް މިމަހުގެ 30ގެ ކުރިން އަދާހަމަކުރުމަށް އެދިއްޖެ

ބިދޭސީންގެ ބައޯމެޓްރިކްސް މިމަހުގެ 30ގެ ކުރިން އަދާހަމަކުރުމަށް އެދިއްޖެ

ބިދޭސީންގެ ބައޯމެޓްރިކްސް އަދާހަމަކޮށްފައި ނުވާ ފަރާތްތަކުން މިމަހުގެ ނިއަލަށް އެމަޢުލޫމާތު އަދާހަމަކުރުމަށް އެދިއްޖެއެވެ.

އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ ވަޒީފާ ދޭ ބައެއް ފަރާތްތަކުގެ ނަންމަތީގައި ރާއްޖެ ގެނެސްފައިވާ ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަދާހަމަކޮށްފައި ނުވާކަން މިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ބިދޭސީންގެ ހާލަތު ނުވަތަ ވަރކް ޕަރމިޓް ސްޓޭޓަސް މިމަހުގެ 30ވަނަ ދުވަހުގެ ކުރިން ހިއްސާކުރުމަކީ މިނިސްޓްރީގެ އެދުމެކެވެ.

އަދި މިމުއްދަތުގައި އެކަށީގެންވާ ސަބަބެއް ނެތި ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ވަޒީފާ ދޭ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލާނެއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުންވަނީ މަސައްކަތް ފައްޓަވާފައެވެ. އެގޮތުން އޮޕަރޭޝަން ކުރަނގިގެ ނަމުގައި ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ ހަރަކާތެއްވަނީ ފަށާފައެވެ.

މިއޮޕަރޭޝަން ކުރިއަށް ގެންދަނީ ކައުންސިލްތަކުގައިވެސް ބައޯމެޓްރިކްސް ނެގޭނެ ނިޒާމް ޤާއިމްކޮށްގެންނެވެ. މިމަސައްކަތުގެ ދަށުން މިހާތަނަށް ލައްކައަކަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތުވަނީ އެއްކޮށްފައެވެ.

ސަރުކާރުގެ ޢަމާޒަކީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހާ ހަމައަށްދާއިރު، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް ރާއްޖެގައި އުޅެމުންދިޔަ 6700އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ވަނީ ޑީޕޯޓްކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިއްޔެ އަތުލައިގަތް 18 ކިލޯ މަސްތުވާތަކެތި ބަލައި ދިޔަ ބިދޭސީ މީހާ ހައްޔަރުކޮށްފިޚަބަރު | 4 މަސް ކުރިން ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފިޚަބަރު | 5 މަސް ކުރިންމޯލްޑިވްސް 2.0ގެ ބޭނުމަކީ އީވޯޓިންއަށް ދިއުމެއް ނޫން: އިހުސާންޚަބަރު | 5 މަސް ކުރިންޚިޔާލު ފާޅުކުރުމަށް އިތުުރު ލުޔެއް: ހުއްދަ ނުހޯދައި އެއްވެ އުޅެވޭނެ ތަންތަން އިތުުރުކޮށްފިޚަބަރު | 5 މަސް ކުރިން