logo
Bank of Maldives

Bank of Maldives

ކުޅިވަރު

6 އަހަރުފަހުން ބާސާ ފުރަތަމަ ފަހަރަށް ސެމީއަށް

އަބްދުﷲ ޣާނިމް
16 އޭޕްރީލު 2025 - 04:30
ރޭގެ މެޗުގެ ތެރެއިން. ފޮޓޯ: ބާސެލޯނާ
ރޭގެ މެޗުގެ ތެރެއިން. ފޮޓޯ: ބާސެލޯނާ

ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ދެވަނަ ލެގުގައި ބޮރޫސިއާ ޑޯޓުމަންޑުން ބާސެލޯނާއާ ދެކޮޅަށް 3-1 އިން މޮޅުވިނަމަވެސް އެގްރިގޭޓުން ބާސާ ވަނީ ކުއާޓަރ ފައިނަލް ކާޟިޔާބުކޮށް މުބާރާތުގެ ސެމިއާއަށް ދަތުރުކޮށްފައެވެ. މެޗުގައި ޖުމްލަ 4 ގޯލު ފެނިގެންގޮސްފައިވާއިރު، މީގެތެރެއިން ބާސާގެ ގޯލަކީވެސް ޑޯޓްމަންޑުގެ ކުޅުންތެރިޔަކު ބައިކޮޅަށް ޖެހުގޯލެކެވެ. ޑޯޓްމަންޑުގެ 4 3 ގޯލުވެސް ކާމިޔާބުކޮށްދިނީ ގުއިރާސީއެވެ. ބާސާ މޮޅުވެފައިވަނީ 5-3 އެގްރިގޭޓުންނެވެ.

ފުރަތަމަ ލެގުގައި 4-0 އިން ބަލިވެފައިވާ ޑޯޓުމަންޑުން މެޗު ފެށުނީއްސުރެ މޮޅުކުޅުމެއް ދެއްކިއެވެ. މެޗުގެ 11 ވަނަ މިނެޓުގައި ޕާސްކަލް ގްރޮސްއަށް ބާސާގެ ގޯލްކީޕަރު ވޮޖްސީ ޝެޒްނީ ފައުލުކުރުމުން ލިބުނު ޕެނަލްޓީ ގުއިރާސީ ޕަނޭންކާ ސްޓައިލުގައި ޕެނަލްޓީއަކުން ގޯލުޖަހައި ލީޑުނެގިއެވެ. މިއީ އޭނާ މި މުބާރާތުގައި ޖަހާފައިވާ 11 ވަނަ ގޯލެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފު ފެށިގެން 49 ވަނަ މިނެޓުގައި ގުއިރާސީ ދެވަނަ ގޯލުޖެހިނަމަވެސް 5 މިނެޓު ފަހުން ރާމީ ބެންސެބައިނީގެ އަމިއްލަ ގޯލަކުން ބާސާގެ މެޗުގެ ހަމައެކަނި ގޯލުފެނިގެންދިޔައެވެ. މިގޯލަށްފަހު ޑޯޓުމަންޑުން ހިތްވަރު ދޫކޮށްނުލައި، މެޗުގެ 70 ވަނަ މިނެޓުގައި ގުއިރާސީ އޭނާގެ ހެޓްރިކް ފުރިހަމަކުރިއެވެ.

ރޭގެ މޮޅާއެކު ބާސެލޯނާ ވަނީ 7 އަހަރުފަހުން ޗެންޕިއަންސް ލީގުގެ ސެމީއަށް ދަތުރުކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެސީ ބާސާއިން ބޭރުކޮށްލި ލަޕޯޓާ ރައީސްކަމުން ބޭރުކުރަން މެސީ ނިކުންނަނީކުޅިވަރު | 3 ދުވަސް ކުރިންޕެޑްރީއަށް އަނިޔާވެ ތިންހަފްތާއަށް ކުޅުމާދުރަށްކުޅިވަރު | 5 ދުވަސް ކުރިންނެގްރޭރާ ކޮރަޕްޝަނުގެ މައްސަލައިގައި ފޮރުވައިގެން އުޅޭ އެއްބަސްވުންތައް ހުށަހެޅުމަށް ބާސެލޯނާގެ މައްޗަށް އަމުރުކޮށްފިކުޅިވަރު | 7 ދުވަސް ކުރިންމެސީ ކޭމްޕްނޫ އަށް އަންނަ އަހަރު އެނބުރި އަންނަނީކުޅިވަރު | 15 ދުވަސް ކުރިން