އިސްރާއީލު މީހުން ރާއްޖެ އެތެރެވުން މަނާކަން އަންގާ ޓްރެވެލް އެޑްވައިޒަރީ ނެރެފި


16 އޭޕްރީލު 2025 - 05:21
އިސްރާއީލު މީހުންނަށް ރާއްޖެ އެތެރެ ނުވެވޭނެކަން އަންގާ މޯލްޑިވްސް އިމިގްރޭޝަނުން ޓްރެވެލް އެޑްވައިޒަރީއެއް ނެރެފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ތަސްދީޤުކުރެއްވީ އަންގާރަދުވަހުއެވެ.
މި ބިލް ތަސްދީގު ކުުރުމާއި ގުޅިގެން ރާއްޖޭގެ އިމިގްރޭޝަނުން ނެރުނު ޓްރެވެލް އެޑްވައިޒަރީއެއްގައި ބުނެފައި ވަނީ އަންގާރަދުވަހުން ފެށިގެން އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްެޖެެއަށް އެތެރެވުމަކީ މަނާ ކަމެެއް ކަމަަށެވެ.
މި ބިލުގެ ބޭނުމަކީ އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމެވެ.
އިތުރު ލިޔުންތައް
ބުޅަލުން ބާގަރ ހަދައިގެން ވިއްކި ކަމަށް ތުހުމަތުކުރެވޭ ބިދޭސީއެއް ހައްޔަރުކޮށްފި
10 މަސް ކުރިން
ބުޅާ މެރި ކަމަށް ތުހުމަތު ކުރެވޭ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
10 މަސް ކުރިން
ގަވާއިދާ ޚިލާފަށް ކާބޯތަކީގެ ވިޔަފާރިކުރި 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
10 މަސް ކުރިން